
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަފްޣާނިސްތާނަށް އަމާޒުކޮށް ޕާކިސްތާންގެ އަސްކަރިއްޔާއިން އަނެއްކާ ވެސް ވައިގެ ޙަމަލާތަކެއް ދީފިއެވެ. މި ކަން ހާމަކުރަމުން ޕާކިސްތާންގެ ސަރުކާރުން ބުނީ، ދާދިފަހުން އެ ޤައުމުގައި ދީފައިވާ ނިރުބަވެރި ޙަމަލާތަކުގެ ފަހަތުގައި އޮތް ޖަމާޢަތްތަކުގެ އަމާޒުތަކަށް ޙަމަލާ ދީފައިވާނެ ކަމުގައެވެ. ރަމަޟާން މަސް ފެށުނު ފަހުން ވެސް ޕާކިސްތާންގައި ބޮމުގެ ޙަމަލާތަކެއް ދީފައިވެއެވެ.
ޕާކިސްތާނުން އަފްޣާނިސްތާނަށް އަމާޒުކޮށް އަނެއްކާ ވެސް ޙަމަލާތަކެއް ދިނުމާ އެކު، އެ ޤައުމުގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ޠާލިބާނުންނާ ދެމެދު އުފެދިފައި އޮތް ނުތަނަވަސް ކަން މި ވަނީ އެތަކެއް ގުނައަކަށް އިތުރުވެގެން ގޮސްފައެވެ. ޕާކިސްތާނުން ޙަމަލާ ދީފައި މި ވަނީ، ދެ ޤައުމުގެ ސަރަޙައްދީ ރޮނގުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ލުޔެއް ހޯދުމަށް ސަޢޫދީ ޢަރަބިއްޔާއިން އިސްވެ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ސަޢޫދީ ޢަރަބިއްޔާއިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ޠާލިބާނުން ވަނީ އަފްޣާނިސްތާނުގެ ފައުޖުތަކުގެ ހައްޔަރުގައި ތިބި ޕާކިސްތާންގެ ސިފައިންގެ ތިން މީހުން މިނިވަން ކޮށްފައެވެ. ޕާކިސްތާން ސަރުކާރުން ބުނީ، އެ ޤައުމުގައި ދާދިފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގެ ފަހަތުގައި ތިބީ އަފްޣާނިސްތާނުން ޙިމާޔަތް ދެމުންދާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެންބަރުން ކަން ސާފުވާ ހެކި ލިބިފައިވާ ކަމުގައެވެ. އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޕާކިސްތާންގެ އަސްކަރިއްޔާއިން ވައިގެ ޙަމަލާތައް ދީފައި ވަނީ ދެ ޤައުމުގެ ސަރަޙައްދީ ރޮނގުގައި އަފްޣާނިސްތާންގެ ފަޅީގައި ހަރަކާތްތެރިވާ ދެ ޖަމާޢަތެއްގެ މަރުކަޒުތަކަށެވެ. އެއީ، ޕާކިސްތާނީ ޠާލިބާން އަދި އައިއެސް ޚުރާސާން ޕުރޮވިންސްގެ މަރުކަޒުތަކެއް ކަމުގައި އިސްލާމްއާބާދުން ބުންޏެވެ.
އެ ޖަމާޢަތްތަކުގެ ވެރިންނަށް ޙިމާޔަތްދީ، ޠާލިބާން ސަރުކާރުން އެ ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގައި ޕާކިސްތާނުން ތުހުމަތު ކުރެއެވެ. ނަމަވެސް، ކާބުލްގައި ވެރިކަން ކުރާ ޠާލިބާނުން ދަނީ މި ތުހުމަތުތައް ދޮގު ކުރަމުންނެވެ. ޕާކިސްތާނުން ބުނީ، އެ ޤައުމަށް އަމާޒުކޮށް ދާދިފަހުން ދީފައިވާ ޙަމަލާތަކަކީ އެ ޖަމާޢަތްތަކުގެ ވެރިންގެ އިރުޝާދުގެ ދަށުން ދީފައިވާ ޙަމަލާތަކެއް ކަމުގައެވެ. ޕާކިސްތާނަށް ދާދިފަހުން ދިން ޙަމަލާތައް އަމާޒުކޮށްފަ ވަނީ ވެރިރަށް އިސްލާމްއާބާދުގައި ހުރި ޝިޔަޢީންގެ މިސްކިތަކަށާއި ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ބާޖޯރް އަދި ބަނޫ ޑިސްޓްރިކްޓުގެ ރަށްތަކަށެވެ. އޭގެ ތެރެއިން އެއް ޙަމަލާގައި ހަނގުރާމަވެރިން ވަނީ ސަލާމަތީ ބާރުގެ ސިފައިން ދަތުރު ކުރަމުން ދިޔަ އުޅަނދުތަކެއް ހިމެނޭ ގާފިލާއަކަށް ޙަމަލާ ދީފައެވެ. އެ ޙަމަލާގައި ސިފައިންގެ ދެ މީހުން މަރުވިއެވެ.
ހުސްވި އަހަރުގެ އޮކްޓޫބަރު މަހު ވެސް ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރިއެވެ. އެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވިއެވެ. އެ ޙަމަލާތަކާ ގުޅިގެން ދެ ޤައުމުން ހިއްސާ ކުރާ 2,600 ކިލޯމީޓަރުގެ ސަރަޙައްދީ ރޮނގު ބަންދު ކުރުމާ އެކު، ދެ ޤައުމުގެ ދެމެދުގައި ކުރާ ވިޔަފާރިއާއި ދަތުރުތަކަށް ހުރަސް އެޅުނެވެ. އެ ޙަމަލާތަކަށް ފަހު ދެ ފަރާތުގެ ދެމެދުގައި ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލާފައި އޮތް ނަމަވެސް، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ނެތުމާ އެކު، އެއްބަސްވުން އޮތީ ނާޒުކު ހާލަތެއްގައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
