
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މައިނިންއާއި މިނަރެލްގެ ދާއިރާއިން އިންޑިޔާއާއި ބްރެޒިލްއިން އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ބްރެޒިލްއަކީ ދަގަނޑު އުދެއްދުމަށް ކޮންމެހެން ބޭނުންވާ މިނަރެލް އެންމެ ގިނައިން ހުންނަ ޤައުމެވެ. އަދި އަޔަން އޯ ވެސް އެންމެ ގިނައިން އުފައްދާ އެއް ޤައުމެވެ. މި އެއްބަސްވުމާއެކު އިންޑިޔާގައި އުފައްދާ ދަގަނޑަށް އިތުރުވަމުންދާ ޑިމާންޑްއާ އެއްވަރަށް ބާޒާރަށް ދަގަނޑު ނެރުމަށާއި ޓެކްނޮލޮޖީއާ ގުޅުންހުރި ރޯ މެޓީރިއަލް ލިބުމަށް އިންޑިޔާއަށް ފަސޭހަވެގެންދާނެއެވެ. އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ބްރެޒިލްގެ ރައީސް ލޫލާ ޑަ ސިލްވާ މި ވަގުތު އިންޑިޔާގެ ނިއު ދިއްލީއަށް ކުރައްވަމުންދާ ފަތުރުފުޅުގެ ތެރެއިންނެވެ. އެ އެއްބަަސްވުމުގައި ސޮއިކޮށްފައި ވަނީ ލޫލާއާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހާޒިރުގައެވެ.
މޯދީ ވިދާޅުވީ އިންޑިޔާއާއި ބްރެޒިލްއާ ދެމެދު ކުރާ ވިޔަފާރި ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 20 ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މިހާރު ދެ ޤައުމުގެ ދެމެދުގައި 15 ބިލިޔަން ޑޮލަރުގެ ވިޔަފާރި ދަނީ ކުރަމުންނެވެ. އަލަށް ސޮއިކުރި އެއްބަސްވުމުގެ ދަށުން މައިނިންއާއި މިނަރެލްގެ ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތައް ހޯދުމަށް ފުރުޞަތު ލިބިގެންދާނެއެވެ. މޯދީ އިތުރަށް ވިދާޅުވީ ޓެކްނޮލޮޖީއާއި އިޖާދީ ދާއިރާއިންނާއި ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ ދާއިރާއާއި އާޓިފިޝަލް އިންޓެލިޖެންސްއާއި ސެމީ ކޮންޑަކްޓަރުގެ ދާއިރާގެ އިތުރުން ގުޅުންހުރި އެހެން ދާއިރާތަކުން ދެ ޤައުމުން އެކުގައި މަސައްކަތް ކުރާނެ ކަމަށެވެ.
އިންޑިޔާއާއި ބްރެޒިލްއަކީ 2006ވަނަ އަހަރުން ފެށިގެން އިސްތިރާޖީ ބައިވެރިންގެ ގޮތުގައި އޮތް ދެ ޤައުމެވެ. ވިޔަފާރިއާއި ހަކަތައާއި ދަނޑުވެރިކަމާއި ޑިޖިޓަލްއާއި މިނަރެލް ދާއިރާގެ އިތުރުން ދިފާޢީއާއި ޞިއްޙީ ދާއިރާއިން ދެ ޤައުމުން އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުން ދެއެވެ. ބްރެޒިލްއަކީ ލެޓިން އެމެރިކާއާއި ކެރީބިއަން ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން އިންޑިޔާގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާއެވެ. ބްރެޒިލްގެ ރައީސް ލޫލާ ވަނީ ދެ ޤައުމުގެ ދެމެުގައި ކުރާ ވިޔަފާރީގައި އެމެރިކާ ޑޮލަރު ބޭނުން ކުރުމުގެ ބަދަލުގައި ދެ ޤައުމުގެ އަމިއްލަ ފައިސާ ބޭނުން ކުރުމަށް ބާރު އަޅުއްވައިފައެވެ. ނަމަވެސް އިންޑިޔާއާއި ބްރެޒިލްއާ ދެ ޤައުމު ވެސް ބްރިކްސްގެ މެންބަރުންގެ ގޮތުގައި އޮތް އިރު، ބްރިކްސްއިން އަމިއްލަ ފައިސާއެއް ތަޢާރަފް ކުރުމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް އޭނާ ވަނީ އެއްފަރާތް ކުރައްވައިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
