
(ފޮޓޯ ކްރެޑިޓްސް: އޭއެފްޕީ)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކި ޤައުމުތަކުން އެތެރެކުރާ މުދަލުން ނެގުމަށް ކަނޑައަޅުއްވާފައިވާ ބޮޑެތި ޓެރިފްތަކަކީ ޤާނޫނީ ގޮތުން ނެގޭނެ ޓެރިފްތަކެއް ނޫން ކަމަށް އެ ޤައުމުގެ އެންމެ މަތީ ކޯޓުން ކަނޑައެޅިނަމަވެސް، ދުނިޔޭގެ އިޤްތިޞާދަށް އެ ޙުކުމުން މާބޮޑު ތަސައްލީއެއް ނުލިބޭނެކަމަށް އިޤްތިޞާދީ މާހިރުން ވިދާޅުވެއްޖެއެވެ. އެންމެ މަތީ ކޯޓުގެ މި ނިންމުމުގެ ސަބަބުން ޓްރަމްޕްގެ ވިޔަފާރި ސިޔާސަތަށް ހިޔަނި އެޅޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް، އެމެރިކާގެ ސުޕްރީމް ކޯޓުގެ މި ޙުކުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި އިތުރު ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށް މާހީރުން ޤަބޫލުކުރައްވައެވެ. ސަބަބަކީ، އެ ޙުކުމާ ދެކޮޅަށް ޓްރަމްޕް މިހާރު ވެސް ތެދުވެވަޑައިގެންފައިވާތީއެވެ. އަދި ޙުކުމުން ބާތިލުކުރި ޓެރިފްތަކުގެ ބަދަލުގައި، ޓްރަމްޕް ކަނޑައަޅުއްވާނެ އައު ޓެރިފްތަކާމެދު އުފެދިފައިވާ ސުވާލުތަކަކީވެސް ނުތަނަވަސްކަން އުފެދިފައިވާ މައިގަނޑު ސަބަބެވެ.
އަދި ޓެރިފް ބޮޑުކޮށްފާނެކަމުގެ ބިރަށް، އެމެރިކާ އާއެކު ވިޔަފާރީގެ އެއްބަސްވުންތައް ހެދި ޤައުމުތަކަށް ވެސް، އެ އެއްބަސްވުންތައް އަލުން މުރާޖަޢާކޮށްފާނެކަމުގެ ބިރު ބޮޑުކަމަށް މާހިރުން ޤަބޫލުކުރައްވައެވެ. ޓްރަމްޕް ޓެރިފްތައް ތަޢާރަފް ކުރެއްވި ފަހުން މިހާތަނަށް ޓެރިފްގެ ގޮތުގައި 175 ބިލިޔަން އެމެރިކާ ޑޮލަރު އެމެރިކާއަށް ލިބިފައިވާއިރު، އެ ފައިސާ އަނބުރާ ޤައުމުތަކަށް ރައްދުކުރާނެ ގޮތެއް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައެއް ނުވެއެވެ. ޓްރަމްޕް މިހާރު ވިސްނަވާފައިވަނީ، އެހެން ޤާނޫނެއްގެ ދަށުން 150 ދުވަހަށް ހުރިހާ ޤައުމުތަކަށް 10 އިންސައްތައާ ހަމައަށް ޓެރިފް ބޮޑުކުރެވޭނެ މަގު ޚިޔާރުކުރެއްވުމަށެވެ. ނަމަވެސް، އެކަން ތަންފީޒުކުރައްވާނެ ސީދާ ތާރީޚެއް ޓްރަމްޕް ވިދާޅުވެފައިނުވުމަކީ ވެސް، ދުނިޔޭގެ ބާޒާރަށް ނުތަނަވަސްކަން ކުރިމަތިވެފައިވާ އިތުރު ސަބަބެކެވެ.
މީގެއިތުރުން، ސުޕްރީމް ކޯޓުގެ ޙުކުމުން އެލުމީނިއަމް އާއި ދަގަނޑު ފަދަ މުދަލުގެ ވަކިވަކި ބާވަތްތަކަށް ޓެރިފް ބޮޑުކުރުމަށް ހުރަސްއެޅިފައިނުވާއިރު، މުދަލުގެ އިތުރު ބާވަތްތަކުން ޓެރިފް ބޮޑުކޮށް، ޓްރަމްޕް ދެން ޢަމަލުކުރައްވާނެ ގޮތެއް ލަފާކުރަން ދަތިވުމަކީ، ދުނިޔޭގެ އިޤްތިޞާދަށް ތަސައްލީއެއް ނުލިބޭނެކަމަށް މާހިރުން ޤަބޫލުކުރައްވާ އަނެއް ސަބަބެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
