
ދެކުނު އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ ސާފްގެ ކޮމިޓީތަކަށް ރާއްޖޭގެ އަބްދުލްހަމީދު އަބްދުލްގަފޫރު (އައްޑޯ) އާއި އިސްމާއީލް ސިމަން ހަމަޖައްސައިފި އެވެ. ތަޖުރިބާކާރު މެޗު ކަމިޝަނަރު އަދި އެފްއޭއެމުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އައްޑޯ ހަމަޖައްސާފައިވަނީ ސާކުގެ ހަތް ގައުމުގެ ޖަމިއްޔާގެ އެޕީލް ކޮމިޓީގެ މެމްބަރަކަށެވެ. އައްޑޯ އަކީ އޭޝިޔާ ސަރަހައްދުގައި ވެސް ފާހަގަ ކޮށްލެވޭ މެޗު ކަމިޝަނަރެކެވެ. އަދި އޭނާ ވަނީ އެފްއޭއެމުގެ ގިނަ މަގާމުތަކެއް ވެސް ފުރުއްވާފަ އެވެ.
ސިމަން ހަމަޖައްސާފައިވަނީ ސާފުގެ ޑިސިޕްލިނަރީ ކޮމިޓީގެ ވައިސް ޗެއާމަނަކަށެވެ. ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ސިމަން އަކީ އެފްއޭއެމުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ސަސްޕެންޑްކޮށް، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ އިންތިހާބު ބާއްވަންފީފާއިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރެކެވެ. މި ދެ މެމްބަރުންނަށް އެފްއޭއެމުގެ ރައީސް އަހުމްދު ތާރިގް (ޓޮމް) ވަނީ މަރުހަބާ ކިޔައިފަ އެވެ. ދެކުނު އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާގައި ހިމެނެނީ ރާއްޖެ އާއި އިންޑިޔާ އަދި ބަނގްލަދޭޝް އާއި ޕާކިސްތާނާއި ނޭޕާލާއި ބޫޓާންގެ އިތުރުން ސްރީލަންކާ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
