
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ)
ރޭއަޅުކަމަކީ އިސްލާމްދީނުގައި ނުހަނު މަތިވެރި ދަރަޖައެއް ދެވިފައިވާ، މާތް الله އާ އަޅާ ކުއްތަންކޮށްދޭ މުހިންމު އަޅުކަމެކެވެ. މިއީ ސުވަރުގެ ވަންތަވެރިންގެ ސިފައެއްގެ އިތުރުން، މުނާފިގުކަމުން މީހާ ދުރުކޮށްދޭ ކަމެކެވެ. ކީރިތި ރަސޫލާ ﷺ މަދީނާއަށް ވަޑައިގެން ކުރެއްވި ފުރަތަމަ ވަޞިއްޔަތުގައިވެސް، އަމާންކަމާއެކު ސުވަރުގެ ވަނުމަށްޓަކައި ރޭއަޅުކަން ކުރުމަށް ބާރުއަޅުއްވާފައިވެއެވެ. އިސްލާމީ ތާރީޚުގެ ކުރީކޮޅު ނަބިއްޔާ ﷺ އާއި ޞަޙާބީންގެ މައްޗަށް މި އަޅުކަން ފަރުޟު ކުރެއްވުނު ނަމަވެސް، ފަހުން މިއީ ގަދަވެގެންވާ ސުންނަތް އަޅުކަމަކަށް ބަދަލުވިއެވެ.
ރޭއަޅުކަމުގެ ރަކުޢަތްތަކުގެ އަދަދަށް ބަލާއިރު، ރަސޫލާ ﷺ ޢާންމުކޮށް ކުރައްވައި އުޅުއްވީ ވިތުރިއާއެކު 11 ނުވަތަ 13 ރަކުޢަތެވެ. ނަމަވެސް، މި އަޅުކަމުގައި ވަކި އަދަދެއް ކަނޑައެޅިފައި ނުވާތީ، ގިނަ ރަކުޢަތްތަކެއްވެސް ކުރެވިދާނެއެވެ. އުމަރުގެފާނުގެ ޚިލާފަތުގައި ތަރާވީޙް ނަމާދު ޖަމާޢަތުގައި 20 ރަކުޢަތަށް ކުރަން ފެށުނެވެ. މި ނަމާދުގެ އެންމެ މާތް ވަގުތަކީ ރޭގަނޑުގެ ފަހު ދަންފަޅިއެވެ. އެ ވަގުތަކީ މާތް الله ދުނިޔޭގެ އުޑަށް ފައިބާވޮޑިގެން، އަޅުތަކުންގެ ދުޢާ އިޖާބަކުރައްވައި ފާފަފުއްސަވައިދޭނެކަމަށް ވަޢުދުވެވޮޑިގެންވާ ވަގުތެވެ.
ރޭއަޅުކަން ކުރަންޖެހެނީ ދެ ރަކުޢަތުން ދެ ރަކުޢަތުން ސަލާމްދީގެންނެވެ. އަދި ރޭގަނޑުގެ ހުރިހާ ނަމާދެއް ނިންމާލަންވާނީ ވިތުރީގެ އޮނަހިރި ރަކުޢަތަކުންނެވެ. މިއީ ފަރުޟު ނަމާދުތަކަށްފަހު އެންމެ މާތްވެގެންވާ ނަމާދެވެ. ރޭއަޅުކަމުގެ ސަބަބުން ހަށިގަނޑަށް ބަލިތަކުން ޝިފާ ލިބި، ފާފަތައް ފޮހެވި، މީހާގެ އިޚްލާޞްތެރިކަން އިތުރުވެގެންދެއެވެ. އެހެންކަމުން، ކޮންމެ މުސްލިމަކުވެސް ކުޑަ މިންވަރަކުން ނަމަވެސް މި މަތިވެރި އަޅުކަމުގައި ދެމިހުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
