
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވާލައްވާފައިވާ ޞުލްޙައިގެ ބޯޑާ ގުޅިފައިވާ ޤައުމުތަކުން އެ ބޯޑަށް 7 ބިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ބޯޑަށް އެމެރިކާއިން 10 ބިލިޔަން ޑޮލަރު ދޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޞުލްޙައިގެ ބޯޑުގެ ފުރަތަމަ ބައްދަލުވުން މިހާރު ބާއްވާފައިވާއިރު އެ ބައްދަލުވުމުގައި މުޤައްރިރެއްގެ ގޮތުގައި އިންނެވީ ޓްރަމްޕްއެވެ. ވޮޝިންޓަންގައި ބޭއްވި މި ބައްދަލުވުމުގައި 47 ޤައުމަކުން މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުަގައި މުޅި ސަހަރު ވަނީ ބިމާ ހަމަވެފައެވެ. ޣައްޒާ އަލުން ބިނާ ކުރުމަށް ގާތްގަނޑަކަށް 70 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.
ޞުލްޙައިގެ ބޯޑުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޣައްޒާ އަލުން އާރާސްތުކުރުމަށް ކަޒަކިސްތާނާއި އަޒަރުބައިޖާންއާއި އެކުވެރި ޢަރަބި އިމާރާތާއި މޮރޮކޯއާއި ބަހްރައިންއާއި ޤަޠަރާއި ސަޢުދީ ޢަރަބިއްޔާއާއި އުޒްބަކިސްތާންއާއި ކުވައިތުން ޖުމްލަ 7 ބިލިޔަން ޑޮލަރު ދޭނެ ކަމަށެވެ. ނަމަވެސް ޣައްޒާ އާރާސްތުކުރުމުގެ މަސައްކަތް ފަށާނީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ހަތިޔާރު ބެހެއްޓުމުންނެވެ. އެމެރިކާއިން 10 ބިލިޔަން ޑޮލަރު ޚަރަދު ކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެ ފައިސާ ހޯދާނީ ކޮން ގޮތަކުން ކަމެއް ޓްރަމްޕް ވިދާޅުވެފައެއް ނުވެއެވެ. އަދި އެ ފައިސާ ހޯދާނީ ޤާނޫނު ހަދާ މަޖިލިސް މެދުވެރިކޮށްތޯ ޓްރަމްޕް ސާފުކޮށްދެއްވާފައެއް ނުވެއެވެ.
ޙަމާސްއިން ހަތިޔާރު ބެހެއްޓުމާއި ޔަހޫދީ ސިފައިން ޣައްޒާއިން ފޭބުމާއި ޣައްޒާ އާރާސްތުކުރަން ފައިސާ ހޯދާ މިންވަރާއި ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ފަދަ މުހިންމު ސުވާލުތަކަކީ ކުރިއަށް އޮތް ދުވަސްތަކުގައި ޞުލްޙައިގެ ބޯޑުގެ މަސައްކަތް އިމްތިހާނުކުރެވޭނެ ސުވާލުތަކެކެވެ. ޙަމާސްއިން މިހާތަނަށް ހަތިޔާރު ބަހައްޓާފައި ނުވާއިރު، ޓްރަމްޕް ވަނީ ބާރުގެ ބޭނުން ކުރަން ނުޖެހި ޙަމާސްއިން ހަތިޔާރު ބަހައްޓާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ޞުލްޙައިގެ ބޯޑުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މެދުއިރުމަތީގެ ޤައުމުތަކެވެ. އަދި ޓްރަމްޕްއަށް ތާއީދު ހޯދުމަށް މަސައްކަތް ކުރާ ބައެއް އެހެން ޤައުމުތައް ވެސް އެ ބޯޑުގައި ހިމެނެއެވެ. ނަމަވެސް ބޯޑުން ކުރާނެ މަސައްކަތްތަކާ ގުޅޭގޮތުން ނުތަނަވަސްކަން އޮތުމުން އެމެރިކާއާއެކު ގާތް ގުޅުމެއް އޮންނަ ބައެއް ޤައުމުތަކުން އެ ބޯޑުގައި ބައިވެރިވެފައެއް ނުވެއެވެ. އެ ބޯޑުގައި ޔަހޫދީ ދަޢުލަތުގެ މަންދޫބެއް ވެސް ހިމެނޭއިރު ފަލަސްޠީނުގެ މަންދޫބެއް ނުހިމެނުމަކީ ޤައުމުތަކުން ކަންބޮޑުވާ ކަމެކެވެ. އަދި ޣައްޒާގެ މައްސަަލަ ނޫން އެހެން މައްސަލަތައް ވެސް އެ ބޯޑަށް ކުުރިއަށް އޮތް ތަނުގައި ބެލިދާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާތީ، ދުނިޔެއަށް ކުރިމަތިވާ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި އދން ޢަދާ ކުރާ ދައުރަށް ހިޔަނި އެޅިދާނެތީ ގިނަ ބަޔަކު ކަންބޮޑުވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
