
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދަށް، ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާއަށް މުސްލިމުން ވަނުމަށް ޔަހޫދީން ހުރަސްއަޅައިފިއެވެ. މި ހިނގާ ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ކުރަން އެތަކެއް ހާސް މުސްލިމުން އަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަންނަން މަސައްކަތް ކުރުމުން ޔަހޫދީން ވަނީ އެކަމަށް ހުރަސްއަޅައިފައެވެ. ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ފަހުން ބުނީ، ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ މުސްލިމުންގެ ތެރެއިން އަޤްޞާ މިސްކިތަށް ވަނުމުގެ ޖާގަ ދެވޭނީ ފަހަރަކު 10،000 މީހުންނަށް ކަމަށެވެ. އަދި އޭގެތެރެއިން ހަމައެކަނި ފުރުޞަތު ދެވޭނީ، 12 އަހަރުގެ ދަށުގެ ކުޑަކުދިންނަށާއި، 55 އަހަރުން މަތީގެ ފިރިހެނުން އަދި 50 އަހަރުން މަތީގެ އަންހެނުންނަށް ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް، އިއްޔެގެ ހުކުރު ނަމާދަށް، އިޒްރޭލުގެ އަސްކަރިއްޔާއިން އަޤްޞާ މިސްކިތް ކައިރީގައި ޗެކްޕޮއިންޓުތައް ޖަހައިގެން، މިސްކިތުގެ ގޯތިތެރެއަށް ވަނުމުގެ ފުރުޞަތު ދީފައިވަނީ 2،000 އެއްހާ މުސްލިމުންނަށް ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުންޏެވެ. ހުޅަނގު އައްސޭރީގައި ގާތްގަނޑަކަށް 3.3 މިލިއަން މުސްލިމުން ދިރިއުޅޭއިރު، މީގެ ކުރީ އަހަރުތަކުގައި ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދަށް 250،000 މީހުން އަޤްޞާ މިސްކިތަށް ޖަމާވެއެވެ. ބައިތުލްމަޤްދިސަށް ޔަހޫދީން އަތްގަދަ ކޮށްފައި ވަނީ 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައެވެ. އެއަށްފަހު, ޔަހޫދީން ދަނީ މުސްލިމުންގެ އެ ބިމުގައި އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންނެވެ. އަޤްޞާ ވެސް އޮތީ އެ މީހުންގެ ބާރުގެ ދަށުގައެވެ. އަދި, ޔަހޫދީ ފައުޖުގެ ސިފައިންނާއި ފުލުހުން ދަނީ ދޭތެރެދޭތެރެއިން މިސްކިތް ތެރެއަށް ވަދެ, ޢުދުވާން ހިންގައި, މުސްލިމުންގެ ލޭ އޮހޮރުވައިލާ, އެ ތަނުގެ ޙުރުމަތް ކަނޑަމުންނެވެ. އަޤްޞާ މިސްކިތަށް މުސްލިމުން ވަނުން ހުރަސްއަޅާފައިމިވަނީ، ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމުގެ މަސައްކަތް އަނެއްކާވެސް ފުޅާކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެ ބިންތައް ޔަހޫދީންނަށް ރަޖިސްޓްރީކުރެވޭ ގޮތަށް ޔަހޫދީ ދަޢުލަތުގެ ވަޒީރުންގެ މަޖިލީހުން ފާސްކުރުމުން، ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ނުރުހުން ވަނީ ޔަހޫދީންނަށް އަމާޒުވެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
