
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިނގިރޭސިވިލާތުގެ ރަަސްގެފާނު ޗާލްސްގެ ކޮއްކޯފުޅު، އެންޑްރޫ މައުންޓްބެޓަން ވިންޑްސަރ، ސަރުކާރުގެ ސިއްރު ލިޔެކިޔުންތަކެއް ޖެފްރީ އެޕްސްޓީންއާ ޙިއްޞާކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ. މި މަހުގެ ކުރީކޮޅު އިނގިރޭސިވިލާތުގެ ފުލުހުން ވަނީ ވިޔަފާރިއާއި އިންވެސްޓްމަންޓާބެހޭ ޚާއްޞަ މަންދޫބެއްގެ މަޤާމުގައި އެންޑްރޫ ހުންނަވައި ސަރުކާރުގެ ލިޔެކިޔުންތަކެއް އެޕްސްޓީންއާ ޙިއްޞާކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކެއް ތަހުޤީޤު ކުރަމުންދާ ކަމަށް ބުނެފައެވެ. ދާދި ފަހުން އެމެރިކާއިން ޙިއްޞާކޮށްފައިވާ އެޕްސްޓީންއާ ގުޅުންހުރި އެތައް މިލިއަން ލިޔުންތަކުގައި ވާގޮތުން ސަރުކާރުގެ ވިޔަފާރިއާ ބެހޭ މަންދޫބެއްގެ ގޮތުގައި 2010ވަނަ އަހަރު އެންޑްރޫ ހުންނެވިއިރު ވިއެޓްނާމާއި ސިންގަޕޫރާއި ބައެއް އެހެން ތަންތަނަށް ކޮށްފައިވާ ރަސްމީ ދަތުރުތަކާ ގުޅޭ ރިޕޯޓުތައް އެޕްސްޓީންއާ ޙިއްޞާ ކޮށްފައިވައެވެ. އެއަށްފަހު ފެބްރުއަރީ މަހުގެ 19ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައި މި ވަނީ އިނގިރޭސިވިލާތުގެ ތޭމްސް ވެލީ ފުލުހުންނެވެ.
ޝާހީ ޢާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކު ހައްޔަރު ކުރުމަކީ އިނގިރޭސިވިލާތުގައި ފަހުގެ ތާރީޚެއްގައި ހިނގާފައިވާ ކަމެއް ނޫނެވެ. އެންޑްރޫ ހައްޔަރުކުރުމާ ގުޅިގެން ޗާލްސް ވަނީ ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ޝާހީ ޢާއިލާއިން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ. އަދި ފުރިހަމަ ގޮތުގައި ޤާނޫނުގެ ބާރު ހިނގަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އުމުރުން 66 އަހަރުގެ އެންޑްރޫއަކީ ރާނީ އެލިޒަބަތުގެ ދެވަނަ ފިރިހެން ދަރިފުޅެވެ. އެޕްސްޓީންއާއި އެންޑްރޫއާ ދެމެދު އޮތް ގާތް ގުޅުންތައް ދުނިޔޭގެ ލޯމައްޗަށް ހާމަވުމާއެކު، ޑޫކް އޮފް ޔޯކްގެ ލަގަބު ދޫކޮށްލުމަށް އެންޑްރޫއަށް މަޖުބޫރުވިއެވެ.
އެންޑްރޫއަކީ ކުރިން އިނގިރޭސިވިލާތުގައި އަސްކަރިއްޔާގެ ކަނޑުގެ ސިފައިންގެ ގޮފީގައި ޚިދުމަތް ކޮށްފައިވާ އިސް އޮފިސަރެކެވެ. އަދި، 1980ގެ އަހަރުތަކުގެ ތެރޭގައި އާޖެންޓީނާއާ ދެކޮޅަށް ކުރި ފޯކްލެންޑްސް ހަނގުރާމައިގައި ވެސް އިސް ދައުރެއް އަދާ ކޮށްފައިވާ މީހެކެވެ. އަދި، އިނގިރޭސިވިލާތުގެ ވިޔަފާރީގެ ދާއިރާގެ ސަފީރު ކަމުގެ މަޤާމު ވެސް އޭނާ ފުރިއެވެ. ނަމަވެސް، 2011ވަނަ އަހަރު އޭނާއަށް ވަނީ އެ މަޤާމުން ވެސް ވަކިވުމަށް މަޖުބޫރުވެފައެވެ. ޝާހީ ޢާއިލާގެ އެންމެހައި ޒިންމާތަކުން އެންޑްރޫ އެކަހެރިވެފައި ވަނީ 2019ވަނަ އަހަރުއެވެ. އަދި، 2022ވަނަ އަހަރުގެ ޖަނަވަރީ މަހު ޝާހީ ގަނޑުވަރުން ވަނީ އެންޑްރޫގެ އަސްކަރީ ލަގަބުތައް ވަކިކޮށް، ޝަހީ ގަނޑުވަރުގެ ހުރިހާ ބާރުތަކެއް ވެސް އަތުލާފައެވެ. ޝަހީ ގަނޑުވަރުން އެ ގޮތަށް އަމަލު ކޮށްފައި ވަނީ ރާނީ އެލިޒަބަތު އަވަހާރަވެ ވަޑައިގެންނެވުމުގެ ކުރިން، ރާނީގެ އަމުރަށެވެ. އެންޑްރޫގެ ލަގަބުތައް ވަކިކުރައްވައި، އޭނާ އެކަހެރި ކުރުމަށް ރާނީ އަމުރު ކުރައްވާފައި ވަނީ އިންސާނީ ވަގުފާރީގައި ކުޑަ އަންހެން ކުދިން ބޭނުން ކުރުމާއި، ބަދުއަޚުލާޤީ ވިޔަފާރީގައި ކުޑަކުދިން ބޭނުން ކުރުމުގެ ދަޢުވާ ސާބިތުވެފައިވާ ކުށްވެރިއެއް ކަމަށްވާ އެޕްސްޓީންއާ ގުޅުންހުރި މައްސަލައެއްގައި އޭނާއާ ދެކޮޅަށް ދަޢުވާއެއް އުފުލުމާ ގުޅިގެންނެވެ. އެންޑްރޫ ދަނީ އެ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
