
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އެފްއޭއެމް ވެޓެރަންސް ކަޕް 2026 ގައި ކުޅުނު ފުރަތަމަ މެޗު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކާމިޔާބުކޮއްފިއެވެ. ނިއު މެޗު ކާމިޔާބު ކުރީ ދަ ގްރާންޑޭއާ ވާދަކޮށް 2-0 މެޗު ކާމިޔާބުކޮއްގެންނެވެ. މުބާރާތުގެ ގުރޫޕް އޭގައި ހިމެނޭ ދެޓީމުގެ ކުރިމަތިލުމުގައި ނިއުގެ ކުރީގެ ވަރަށް ގިނަ ތަރިންތަކެއް ވަނީ ފެނިގެން ގޮސްފައެވެ. ނިއު ފުރަތަމަ ހާފު ޑޮމިނޭޓްކޮއްގެން ކުޅުނުއިރު އެޓީމުން ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ 15 ވަނަ މިނިޓުގައި އަލީ އުމަރެވެ. ނިއުއަށް ލީޑު ފުޅާކޮއްދިނީ 18 ވަނަ މިނިޓުގައި އަހުމަދު ނިޔާޒް ކާމިޔާބު ކުރި ލަނޑުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފަވަނީ ނއުގެ ކެޕްޓަން އަހުމަދު މުހައްމަދެވެ.
މެޗުގެ ދެވަނަ ހާފުގައި ނިއު އަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނު އިރު ލަނޑުޖަހަން ގިނަ ފުރުސަތު ތަކެއް ގްރާންޑޭ އިން ވަނީ މިހާފުގައި ތަނަވަސްކޮއްފައެވެ. ދިހަ ޓީމު ވާދަކުރާ މި މުބާރާތުގައި ގުރޫޕް އޭގައި ހިމެނެނީ މި ދެޓީމުގެ އިތުރުން މުއިވެޔޮ ފްރެންޑްސް ކުލަބާއި، ވިލިމާލެ ޔުނައިޓެޑްގެ އިތުރުން ދިވެހި ސިފައިންގެ ކުލަބެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
