
ކައުންސިލް އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މުޝްރިފް އަލީއަކީ އިދާރީ ހިންގުމުގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި، ކައުންސިލްތަކާއި، އަމިއްލަ ކުންފުނިތަކުގެ އިތުރުން ތައުލީމީ ދާއިރާގައިވެސް އިސް މަގާމުތަކެއް ފުރުއްވާފައެވެ. މިހާރު ހިތަދޫ ޓައުން އޮފީހުގެ ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި މުޝްރިފަކީ ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިގެން ހުންނެވި ގާބިލް ބޭފުޅެކެވެ.

މުޝްރިފް މޭޔަރުކަމަށް ކުރިމަތިލައްވަން ނިންމެވީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ކައުންސިލް މެދުވެރިކޮށް ދޭންޖެހޭ ހިދުމަތްތައް ލަސްވަމުންދާތީ، ސަރުކާރާ ގުޅިގެން އެކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމުގެ މަގްސަދުގައެވެ. އޭނާގެ މައިގަނޑު އަމާޒަކީ ދެފުށް ފެންނަ ގޮތަކަށް ކައުންސިލްގެ ކަންކަން ބަލަހައްޓައި، އައްޑޫއަކީ ސާފުތާހިރު، ޒުވާނުންނަށް ފުރުސަތުތައް އޮތް ތަނަކަށް ހެދުމެވެ. ތައުލީމީ ފެންވަރާއި ހިންގުމުގެ ތަޖުރިބާއަށް ބަލާއިރު، މުޝްރިފަކީ އައްޑޫ ސިޓީގެ ތަރައްގީއަށް މުހިންމު ބަދަލުތަކެއް ގެނެސްދެވޭނެ ފަދަ ގާބިލިއްޔަތުކަން ހުރި ބޭފުޅެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
