
އަލީ މަސީހަކީ ފުވައްމުލަކު ސިޓީގެ ތަރައްގީއަށްޓަކައި މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ، ކައުންސިލް ދާއިރާގައި 12 އަހަރުގެ ތަޖުރިބާހުރި ބޭފުޅެކެވެ. އޭނާގެ މައިގަނޑު ތަސައްވަރަކީ ފުވައްމުލަކަކީ އިގްތިސާދީ ގޮތުން ބާރުވެރި އަދި އިޖްތިމާއީ ގޮތުން ކުރިއަރާފައިވާ ސިޓީއަކަށް ހެދުމެވެ. މިގޮތުން ބަނދަރުގެ ހިދުމަތްތައް ހަރުދަނާކުރުމާއި، ފެރީ ޓާމިނަލެއް ގާއިމްކުރުމުގެ އިތުރުން، ތުނޑި އާއި ކިޅި ފަދަ ގުދުރަތީ ރީތި ތަންތަން ބައިނަލްއަގްވާމީ ފެއާތަކުގައި އިޝްތިހާރުކޮށް ފަތުރުވެރިކަން ފުޅާކުރުމަށް އޭނާ ރާވަމުންދެއެވެ.

ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށްޓަކައި ވޮކޭޝަނަލް ޓްރޭނިންގް ޕްރޮގްރާމްތައް ހިންގުމާއި، އަމިއްލަ ވިޔަފާރިތައް ފެށުމަށް ބޭނުންވާ މާލީ އެހީތެރިކަން ބޭންކުތައް މެދުވެރިކޮށް ހޯދައިދިނުމަކީ މަސީހުގެ މުހިންމު އަމާޒެކެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ހައުސިންގް މަޝްރޫއުތައް ހިންގުމަށް ވަނީ ރާވާފައެވެ. މީގެ އިތުރުން މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ކައުންސިލުން މަސްގަނެ ވިއްކޭނެ އިންތިޒާމެއް ގާއިމްކުރުމާއި، ކުދި ވިޔަފާރިވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ގަވާއިދުން ބައްދަލުވުންތައް ބޭއްވުމަށް މަސީހް ވައުދުވެވަޑައިގަންނަވައެވެ. އޭނާގެ މޭޔަރުކަމުގައި މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ގާތުން، އެމީހުންގެ މަޝްވަރާއާ އެކުގައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
