
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބުން މިހާތަނަށް 16 މީހުންނަށް ފަރުވާދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި އައިޖީއެމްއެޗުން ގުޅިގެން އައްޑޫގައި ހިތުގެ ބަލިތަކަށް ދޭ ފަރުވާ އިތުރަށް ފުޅާކުރުމުގެ ގޮތުން އިންޓަވެންޝަނަލް ކާޑިއޮލޮޖީ ނުވަތަ ކެތު ލެބުގެ ޚިދުމަތް ފެށީ، ޖެނުއަރީ މަހުގެ 28 ވަނަ ދުވަހެވެ. ކެތު ލެބަކީ، ހިތާއި ލޭހޮޅިތަކުގެ ޞިއްޙީ ހާލަތު ދެނެގަތުމަށާއި، ހިތުގެ ބަލިތަކަށް ފަރުވާދިނުމަށް ޚާއްޞަ ކޮށްފައިވާ ލެބެކެވެ. މި ލެބުގައި ހިތުގެ ލޭ ހޮޅިތަކުގެ ހާލަތު ދެނެގަތުމަށް ކެތިޓާ ކިޔާ ހޮޅިއެއް ބޭނުންކޮށްގެން ލޭހޮޅިތަކުގެ ތެރެއަށް ކުލައެއް ފޮނުވައި، އެކްސްރޭގެ ޒަރިއްޔާއިން ލޭހޮޅިތަކުގެ ހާލަތު ބަލައި، ލޭހޮޅި ބެދޭ ފަދަ އެއްޗެއް ހުރިނަމަ އެތަން ފުޅާކުރުމަށް ސްޓެންޓް ފަދަ ވަސީލަތްތައް ބޭނުން ކުރެވެއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އައްޑޫގައި ކެތު ލެބު ހުޅުވިފަހުން މިހާތަނަށް 16 މީހަކަށް ފަރުވާދީފައިވާ ކަމަށެވެ. އޭގެ ތެރެއިން 7 މީހަކަށް ސީއޭޖީ އަދި އެންޖިއޯ ޕްލާސްޓީ ހަދާފައިވާ ކަމަށާއި، 9 މީހަކަށް ސީއޭޖީ ހަދާފައިވާ ކަމަށެވެ. އެންޖިއޯގްރަފީއަކީ، ބަލި ދެނެގަތުމަށް ކުރާ ޓެސްޓެކެވެ. މި ޓެސްޓު ކުރުމަށްޓަކައި އަތުގެ ކުޑަހުޅުން ނުވަތަ އުކުޅުވަޅުން ހިމަ ހޮޅިއެއް (ކެތީޓަރ) އެތެރެ ކުރެވެއެވެ. އެއަށްފަހު ހިތުގެ ލޭހޮޅިތަކަށް (ކޮރޮނަރީ އާޓަރީޒް) ޑައި އެއް ފޮނުވައި، އެކްސް-ރޭ ފޮޓޯ ނަގައިގެން ލޭހޮޅިއެއް ބެދިފައިވޭތޯ ބަލައެވެ.
އެންޖިއޯ ޕްލާސްޓީއަކީ، ބައްޔަށް ދޭ ފަރުވާއެކެވެ. ލޭހޮޅިއެއް ބެދިފައިވާނަމަ، ބެލޫނެއް ފުއްޕައިގެން އެ ލޭހޮޅިއެއް ހުޅުވައިދެއެވެ. އާންމު ގޮތެއްގައި، ލޭހޮޅި ހުޅުވިފައި ބެހެއްޓުމަށްޓަކައި “ސްޓަންޓް” އެއް ލައްވައެވެ. މީގެ ސަބަބުން ހިތަށް ލޭ ދައުރުވުން ރަނގަޅު ކޮށްދެއެވެ. މިއީ، އެންޖިއޯގްރަފީއާ އެއްފަދަ ކަމެކެވެ. ނަމަވެސް މިއީ ޚާއްޞަކޮށް ހިތުގެ ލޭހޮޅިތަކަށް ކުރާ ޓެސްޓެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
