
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހެ ވުޒާރާ)
ރަމަޟާން މަހަކީ ބަރަކާތާއި ރަޙުމަތުން ފުރިގެންވާ، އިސްލާމްދީނުގެ ހަތަރުވަނަ ރުކުން ކަމުގައިވާ ރޯދަ ހިފުމުގެ މައްސަރެވެ. މިއީ އަޅުކަމާއި ތަޤުވާގެ އިތުރުން، އިސްލާމީ ތާރީޚުގައި ނަޞްރާއި ކާމިޔާބުގެ ގިނަ ހާދިސާތަކެއް ހިނގާފައިވާ މުހިންމު މަހެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ މީސްތަކުންނަށް ހިދާޔަތެއްގެ ގޮތުގައި ކީރިތި ޤުރުއާން ބާއްވާލައްވަން ފެއްޓެވުމެވެ. މީގެ އިތުރުން، ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާން މަހު ހިނގި ބަދުރު ހަނގުރާމައިގައި، މުސްލިމުންގެ މަދުލަޝްކަރަށް މުޝްރިކުންގެ ބޮޑު ލަޝްކަރުގެ މައްޗަށް މާތް ﷲ މަތިވެރި ނަޞްރެއް ދެއްވައި އިސްލާމްދީން ޢިއްޒަތްތެރިކޮށްދެއްވިއެވެ.
ހަމައެހެންމެ، ހިޖުރައިން އަށްވަނަ އަހަރުގެ ރަމަޟާން މަހު މައްކާ ފަތަޙަކުރެއްވުމަކީ އިސްލާމީ ތާރީޚުގައި ހިނގި ވަރަށް އުފާވެރި ކާމިޔާބީއެކެވެ. މި ފަތަޙައާއެކު މައްކާގެ ބިން ޝިރުކުން ޠާހިރުވެ، ގިނަ ބަޔަކު އިސްލާމްދީނަށް ވަންނަން ފެށިއެވެ. މިފަދަ ތާރީޚީ ފިލާވަޅުތަކަކީ އަންނަން އޮތް ޖީލުތަކުގެ ހިތްތަކުގައި އީމާންކަން ވަރުގަދަކޮށް، އިސްލާމީ ތަރުބިއްޔަތު އަށަގެންނެވުމަށްޓަކައި ދިރުވާ އާލާކުރަންޖެހޭ މުހިންމު މަޢުލޫމާތުތަކެކެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
