
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ތަފާތު ދެ ސަރަޙައްދެއްގައި ޔަހޫދީން ދިން ޙަމަލާތަކެއްގައި ދެ މީހުން ޝަހީދުވެއްޖެއެވެ. ޔަހޫދީން ވަނީ ސުންނާފަތިވެފައިވާ ގެއެއް ބަލައިލުމަށް ދިޔަ ކުޑަކުދިންތަކަކަށް އަމާޒުކޮށް ޣައްޒާގެ އުތުރުގައި ޑްރޯން ޙަމަލާއެއް ދީފައެވެ. އެ ޙަމަލާގައި އެއް ކުއްޖަކު ޝަހީދުވެފައިވެއެވެ. އޭގެ އިތުރުން، ޚާން ޔޫނިސްގެ ބަނީ ސުޙައިލާގައި ދިރިއުޅޭ އުމުރުން 20 އަހަރުގެ ޒުވާނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައިވެއެވެ. އަދި ޣައްޒާގެ އަލްމުޣްރަޤާ ސަރަޙައްދާއި އަލްމަވާސީގައި ބަޔަކަށް ޒަޚަމްކޮށްލާފައިވެއެވެ. ދެ އަހަރު ދުވަހު ހަނގުރާމަ ކުރުމަށް ފަހު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ނަމެއްގައި ސޮއިކުރި ނަމަވެސް ޔަހޫދީން ދަނީ ތަކުރާރުކޮށް ޣައްޒާއަށް ޙަމަލާތައް ދެމުންނެވެ. އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން މިހާތަނަށް ޣައްޒާގެ 600 ރައްޔިތުން ޝަހީދުވެ 1،600އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ.
ޔަހޫދީން އަދިވެސް ދަނީ ޣައްޒާގެ އެތައް ހާސް ބަލިމީހުންނަށް ކޮންމެހެން ބޭނުންވާ ބޭސްފަރުވާ ހޯދުމަށް ހުރަސްއަޅަމުންނެވެ. ގިނަ ދުވަސްތަކަކަށް ފަހު ޣައްޒާއާއި މިޞްރާ ގުޅުވައިދޭ ރަފަޙް ހުރަސް މީގެ ތިިން ހަފްތާއެއްހާ ދުވަސް ކުރިން ހުޅުވައިލި ނަމަވެސް، އެ ހުރަސް މެދުވެރިކޮށް ޣައްޒާއިން މީހުން ބޭރުވުމުގެ ފުރުޞަތު ދިނުމަށް ޔަހޫދީން އަދިވެސް ދަނީ ދެކޮޅުހަދަމުންނެވެ. އދގެ އިންސާނީ ކަންކަމާ ބެހޭ އިދާރާ، އޯސީއެޗްއޭއިން ބުނީ ކޮންމެހެން ބޭނުންވާ އަވަސް ފަރުވާ ހޯދުމަށް ޣައްޒާއިން ނިކުތުމަށް ބޭނުން ޖެހިފައިވާ 18،500އެއްހާ މީހުންގެ ތެރެއިން ރަފަޙް ހުރަސް މެދުވެރިކޮށް ނިކުތުމުގެ ފުރުޞަތު މިހާތަނަށް ދީފައި ވަނީ އެންމެ 260 ބަލިމީހުންނަށް ކަމަށެވެ. އެ ހުރަސް މެރުވެރިކޮށް ދުވާލެއްގެ މައްޗަށް 50 މީހުންނަށް ޣައްޒާއިން ނިކުތުމުގެ ފުރުޞަތު ދޭނެ ކަމަށް މިޞްރުން މީގެ ކުރިން ބުނި ނަމަވެސް ހަޤީޤަތުގައި އެ މަގުން ޣައްޒާއިން ބޭރުވެވެނީ ދުވާލެއްގެ މައްޗަށް އެންމެ ފަސް ބަލިމީހުންނަށެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯ ހިމެނޭ ގޮތަށް އިންސާނީ ހައްޤުތަކާއި ޞިއްޙަތާބެހޭ ޖަމްޢިއްޔާތަކުން ދަނީ ޞިއްޙީ ފަރުވާ ހޯދުމަށް ޣައްޒާއިން ބޭރުވުމުގެ ފުރުޞަތު އެ ސަހަރުގެ ރައްޔިތުންނަށް ދިނުމަށް ތަކުރާރުކޮށް ގޮވައިލަމުންނެވެ. ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް، ޓެދްރޮސް އަދަނަމް ގެބްރިއޭސުސް ވަނީ ބަލިމީހުންނަށް ޣައްޒާއިން ވަދެ ނިކުމެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ބަލި މީހުންނަށް ޚާއްޞަ މަގުތައް ހުޅުވައިލުމަށް ގޮވާލައްވައިފައެވެ. އަދި ޣައްޒާގައި ދެވޭ ޞިއްޙީ ޚިދުމަތްތައް އިތުރުކޮށް، ޞިއްޙީ ޚިދުމަތްދޭ އިމާރާތްތައް މަރާމާތުކޮށް، ފަރުވާ ދިނުމަށް ބޭނުންވާ ސާމާނު އިތުރުކުރުމަށް ވެސް އޭނާ ގޮވާލައްވާފައިވެއެވެ.
ރަފަޙް ހުރަސް މެދުވެރިކޮށް ޣައްޒާއަށް އެނބުރި އަންނަ މީހުންގެ ޢަދަދު ވެސް މިހާރު ވަނީ ކުރިއަށްވުރެ މަދުވެފައެވެ. އެ ހުރަސް ހުޅުވާލި ފަހުން ފެބްރުއަރީ 11ވަނަ ދުވަހަާ ހަމައަށް ޣައްޒާއަށް އެތެރެވެފައި ވަނީ އެންމެ 269 މީހުންނަށެވެ. ޣައްޒާއަަށް އެނބުރި އަންނަ މީހުންގެ ކަރާމާތް ގެއްލޭ ގޮތަށް ޔަހޫދީ ސިފައިން ޢަމަލުކުރަމުންދާ ކަމުގެ ރިޕޯޓުތައް ވެސް ދަނީ ނޫސްތަކުގައި ޝާޢިއުކުރަމުންނެވެ. އެ މީހުންގެ ޣައްޒާއަށް ވަނުމުގެ ޙުއްދަ ދިނުމުގެ ކުރިން ކަނުބަނދެ، އެތައް ގަޑިއިރެއް ވަންދެން ސުވާލުކޮށް، ނަފްސާނީ ގޮތުން ބަލިކަށިކޮށްލާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
