
ޕާކިސްތާނުގެ ކުރީގެ ކުޅުންތެރިން މިހާރުގެ ކްރިކެޓް ޓީމަށް ފާޑުކިޔާތީގެ ސަދަބް ހާން އެކަމަށް ރައްދު ދީފި އެވެ. ޕާކިސްތާނުގެ ކުރީގެ ކުޅުންތެރިން ކަމަށްވާ ސަލްމާން މިރްޒާ އާއި ޝާހިދު އަފްރީދީ އާއި މުހައްމަދު ޔޫސުފް ފަދަ ކުޅުންތެރިން ވަނީ ޓީމުން ތިން ކުޅުންތެރިއަކު ބާކީ ކުރުމަށް ގޮވާލައިފަ އެވެ. މި ތިން ކުޅުންތެރިންގެ ތެރޭގައި ސަދަބް ހާން ހިމެނެ އެވެ. އަނެއް ދެ ކުޅުންތެރިންނަކީ ޝާހީން ޝާހް އަފްރީދީ އާއި ބާބަރް އަޒަމް އެވެ.
މިކަމާ ގުޅިގެން ސަދަބް ބުނީ ކުރީގެ ކުޅުންތެރިން ކިޔާނެ ކޮންމެ ފާޑެއް ކިޔަންވީ ކަމަށެވެ.
“އެ މީހުންނަކީ ލެޖެންޑުން. ބޭނުން ވާހަކައެއް ދެއްކިދާނެ. އެކަމަކު އަހަރެން ބުނަން އޮތީ އެންމެ ވާހަކަ އެއް. އަހަރުމެން ކްރިކެޓްގައި ކުރި ކަމެއް އެމީހުންނަށް ނުކުރެވެނު. އަހަރުމެން ވޯލްޑް ކަޕުގައި އިންޑިޔާ ބަލިކުރިން. އެ މީހުންނަސް އެކަމެއް ނުވި. އެހެންވީމާ މީގައި ފާޑުކިޔައިގެން ވާނެ ފައިދާއެއް އޮތް ހެނެއް ހިޔެއް ނުވޭ،” ސަދަން ހާން ބުންޏެވެ. ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި ޕާކިސްތާން މިހާރު ވަނީ އިންޑިޔާގެ ފަހަތުން ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. އެއީ ގްރޫޕުގެ ފަހު މެޗުގައި ފަސޭހަކަމާއެކު ނެމީބިއާ ބަލިކޮށްގެންނެވެ. ސަދަން ބުނީ މުބާރާތުގެ ގަދަ އަށެއްގެ ކޮންމެ މެޗަކީ ވެސް ފައިނަލެއް ކަމަށާއި މުބާރާތް މި ހިސާބުން އުނދަގޫ ވާނެ ކަމަށެވެ.
“ގަދަ އަށެއްގެ އެއްވެސް މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ. އަހަރުމެން ވަރަށް މަސައްކަތް ކޮށްގެން މުބާރާތުގެ ފައިނަލާ ހަމައަށް ދަތުރު ކުރެވޭނީ،” ސަދަބް ހާން ބުންޏެވެ. އިންޑިޔާ އާއި ސްރީލަންކާގައި މިހާރު ކުރިއަށްދާ މުބާރާތުގެ ގަދަ އަށަކަށް ކޮންމެ ގްރޫޕުން ވެސް ދަތުރު ކުރީ ހަތަރު ގްރޫޕުގެ އެންމެ ގަދަ ދެ ޓީމެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
