
ޓުވެންޓީ20 ކްރިކެޓް މުބާރާތުގެ ގަދަ އަށެއްގައި ޕާކިސްތާނާއި އިންޑިޔާ ދެ ގްރޫޕެއްގައި ކުޅެން ޖެހޭ ގޮތަށް ހަދައިފި އެވެ. ދެކުނު އޭޝިޔާގެ އެންމެ ވާދަވެރި ދެ ގައުމަކީ ސިޔާސީ ގޮތުން ވާދަވެރި އަދި އަރައިރުން ބޮޑު ދެ ގައުމެވެ. އެއްބަޔަކު އަނެއް ގައުމެއްގައި މެޗުތައް ކުޅެން ދެކޮޅު ހަދަ އެވެ. މި ފަހަރުގެ މުބާރާތުގައި މި ދެ ގައުމު ވެސް ހިމެނުނީ ފުރަތަމަ ބުރުގައި ގްރޫޕް އޭގަ އެވެ. މި ގްރޫޕުގައި ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް އެއްވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދަތުރު ކުރީ އިންޑިޔާ އެވެ. ޕާކިސްތާން ދިޔައީ ދެ ވަނަ އަށެވެ. ގްރޫޕް ސްޓޭޖުގައި އެ ގައުމަށް ގެއްލުނީ އިންޑިޔާ މެޗު އެކަންޏެވެ. މި މެޗު ކުޅުނީ އެންމެ ފުރަތަމަ މި މެޗު ބޮއިކޮޓް ކުރަން ޕާކިސްތާން ސަރުކާރުން ނިންމާފައިވަނިކޮށް އެ ކަމަށް އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އާއި ސްރީލަންކާ ވެސް އެދިގެން ކުރި މަޝްވަރާ ތަކަށް ފަހު އެވެ.
ގަދަ އަށެއްގައި ގްރޫޕް އޭގައި ހިމެނުނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އިންޑިޔާ އާއި ޒިމްބާބުވޭ އާއި ވެސްޓް އިންޑީޒް އާއި ދެކުނު އެފްރިކާ އެވެ. ގްރޫޕް ބީގައި ހިމެނެނީ ޕާކިސްތާނާއި މުބާރާތް ބާއްވާ އަނެއް ގައުމު ކަމަށްވާ ސްރީލަންކާ އާއި އިނގިރޭސިވިލާތާއި ނިއުޒީލޭންޑެވެ. މުބާރާޓުގެ ގަދަ އަށެއްގެ މެޗުތައް ފަށާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. ޕާކިސްތާނުގެ ފުރަތަމަ މެޗުގައި ކުޅޭނީ ނިއުޒީލޭންޑާ ދެކޮޅަށެވެ. އެއަށްފަހު އިނގިރޭސިންނާ ކުޅުމަށްފަހު ގްރޫޕުގެ ފަހު މެޗުގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. ލަންކާގެ ފުރަތަމަ މެޗުގައި ކުޅޭނީ އިނގިރޭސިންނާ ދެކޮޅަށެވެ.
އިންޑިޔާ ގަދަ އަށެއް ފަށާނީ ދެކުނު އެފްރިކާގެ މެޗުންނެވެ. މިއަށްފަހު ޒިމްބާބުވޭ މެޗު ކުޅުމަށްފަހު ގްރޫޕުގެ ފަހު މެޗުގައި ނުކުންނާނީ ވެސްޓް އިންޑީޒާ ދެކޮޅަށެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
