
ދިވެހިރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ “މޯލްޑިވްސް ނޭޝަނަލް އެމްބިއުލާންސް ސަރވިސް” މެދުވެރިކޮށް ވަރުގަދަ ނިޒާމެއް ބިނާކުރަމުންނެވެ. މިގޮތުން އެއްގަމާއި، ކަނޑާއި، ވައިގެ މަގުން ބަލިމީހުން އުފުލުމުގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި، މިހާތަނަށް 56 އައު އެމްބިއުލާންސް ރަށްރަށަށް ފޮނުވާފައިވާއިރު، އިތުރު އެމްބިއުލާންސްތަކާއި ޕެރަމެޑިކް އުޅަނދުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކަނޑުމަގުން ބަލިމީހުން އުފުލުމަށް ބޭނުންކުރާ ސީ-އެމްބިއުލާންސް ފްލީޓަށް މިއަހަރު ތެރޭގައި އިތުރު 12 އުޅަނދު އިތުރުކުރުމަށް ވަނީ ރޭވިފައެވެ. އަދި ވައިގެ މަގުން ޚިދުމަތް ދިނުމަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށައި، ތަމްރީނުލިބިފައިވާ ސިއްޙީ މުވައްޒަފުންނާއެކު މިހާރު ދަނީ ބޭނުންކުރަމުންނެވެ. މި ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި މިއަހަރު ތެރޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ސަބަބުން އެއަރޕޯޓް ނެތް ރަށްރަށުންނާއި މޫސުން ގޯސް ޙާލަތްތަކުގައި ބަލިމީހުން އުފުލުމަށް ބޮޑު ލުޔެއް ލިބޭނެއެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުގެ ޤައުމުތަކަށް އެއަރ އެމްބިއުލާންސްގައި ބަލިމީހުން ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ބޭރުގެ ބައެއް ޤައުމުތަކާއެކު ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ ރާއްޖޭގެ ސިއްޙީ ނިޒާމަށް އަންނަ އިންޤިލާބީ ބަދަލެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
