
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ސިނާމާލެއާއި މާލެ ހިޔާ ފްލެޓްތަކުގެ މަރާމާތަށް ޚާއްސަ އެސެސްމަންޓެއް ހެދުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވި ގޮތުގައި، މި ނިންމުމަކީ އެ ފްލެޓްތަކުގެ ބާވެފައިވާ އިމާރާތްތަކުގެ މެއިންޓެނެންސާ ގުޅޭގޮތުން ރައްޔިތުން ހުށަހެޅި ޝަކުވާތަކަށް ވަގުތީ ހައްލެއް ހޯދުމަށް ނިންމި ނިންމުމެކެވެ.
މި ފްލެޓްތަކަކީ ވަރަށް ބޮޑަށް ބާވެ، ސްޓްރަކްޗަރއަށް މައްސަލަތައް ދިމާވެފައިވާ ތަންތަނަށްވާތީ، ސަރުކާރުން ވަނީ އެތަންތަން ތަޅާލުމަށްފަހު އައު ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން 1360 ހައުސިންގ ޔުނިޓް އެޅުމަށް ރާވާފައެވެ. މި މަޝްރޫއުގެ ދަށުން ބިނާކުރާ ފުރަތަމަ ދެ ޓަވަރުން ފުރުސަތު ދޭނީ މިހާރު އެތަންތަނުގައި ދިރިއުޅޭ 128 އާއިލާއަށެވެ. މީގެ އިތުރުން، އެ ފްލެޓްތަކުގެ ވެރިފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ކަނޑައެޅޭ އުސޫލެއްގެ ދަށުން އެއްލައްކަ ރުފިޔާގެ އިނާޔަތެއް ދިނުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
