
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މާލެ ހިޔާ އަދި ސިނަމާލެ ފްލެޓުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މާލެ ހިޔާ އަދި ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކާއި ބައްދަލުކުރެއްވީ މުލިއާގޭގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިބައްދަލުކުރެއްވުމުގައި އެތަންތަނުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ދިމާވަމުންދާ ދަތިތައް ރައީސްއާއި ހިއްސާކުރައްވާފައިވާކަމަށެވެ. އަދި ސަރުކާރުން އެތަންތަނުގައި އުޅޭ ފަރާތްތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް ކުރަމުންދާ މަސައްކަތް ހިއްސާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
President Dr @MMuizzu meets with residents of Malé Hiyaa and Sinamalé flats to hear their concerns and engage in meaningful discussions on the Government’s ongoing efforts to enhance living conditions and community wellbeing. pic.twitter.com/1kyXq5y04v
— The President’s Office (@presidencymv) February 16, 2026
ރައީސުލްޖުމްހޫރިއްޔާ ގަލޮޅުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައިވެސްވަނީ މާލެ ހިޔާ އަދި ސިނަމާލެ ފްލެޓަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ. ރައީސްވަނީ މާލޭގައި ހުރި ފްލެޓުތަކުގެ މައްސަލަ ހައްލުކުރުމަކީ ސިޓީކައުންސިލްގެ ޒިންމާއެއްކަމުގައިވީނަމަވެސް އެކަން ކައުންސިލަށް ނުކުރެވޭތީ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަ ސަރުކާރުން ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. ރައީސްވަނީ ސަރުކާރުގެ ކަމާ ގުޅުންހުރި ހުރިހާ ފަރާތެއް ގުޅިގެން މިފްލެޓުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
