
(ފޮޓޯ ކްރެޑިޓްސް: ވީއެމްސީ)
ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ “ވޯލްޑް ޓްރެވަލް އެވޯޑްސް” ޑަބްލިއުޓީއޭގެ އިންޑިއަން އޯޝަން ގާލާ ހަފްލާ މިއަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ. މި ތާރީޚީ ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަސް ކަމަށްވާ 27 ސެޕްޓެމްބަރު 2026 ގައެވެ. މި އެވޯޑު ހަފްލާ ރާއްޖޭގައި އެންމެ ފަހުން ބާއްވާފައިވަނީ 10 އަހަރު ކުރިންނެވެ. 1993 ވަނަ އަހަރު އުފެދުނު ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ފާހަގަކޮށްދޭ އެންމެ އިތުބާރު ހުރި އެވޯޑެވެ. މިހާރު 33 ވަނަ އަހަރަށް ގުނަމުންދާ މި އެވޯޑަކީ، ފަތުރުވެރިކަމުގެ މަންޒިލްތަކާއި، އެއަރލައިންތަކާއި، ހޮޓެލް، ރިސޯޓްތަކުގެ އިތުރުން ކްރޫޒް އޮޕަރޭޓަރުން ހިމެނޭހެން މި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ދެވޭ އެވޯޑެކެވެ. މި އެވޯޑަށް ހޮވޭ ފަރާތްތައް ކަނޑައަޅަނީ ދާއިރާގެ މާހިރުންނާއި، އިސްވެރިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކުގެ ވޯޓުންނެވެ.
ކޮންމެ އަހަރަކުވެސް ޑަބްލިއުޓީއޭއިން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ގާލާ ހަފްލާ ބާއްވައި، އެ ސަރަހައްދުތަކުން އެންމެ ރަނގަޅު ޚިދުމަތްތެރިން ހޮވައެވެ. މިއަހަރުގެ އިންޑިއަން އޯޝަން ގާލާ ސެރެމަނީ ރާއްޖޭގައި ބޭއްވުމަކީ، ލަގްޒަރީ، ދެމެހެއްޓެނިވި އަދި ތަފާތު ތަޖުރިބާތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ފެންވަރުގައި ރާއްޖެއިން ދަމަހައްޓަމުންދާ ކުރިއެރުމާއި އިސްނެގުން ހާމަކޮށްދޭ ވަރުގަދަ ހެއްކެކެވެ. ސަރަޙައްދީ ހަފުލާތަކަށްފަހު، އަހަރު ނިމޭއިރު ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ހޮވާ ގްރޭންޑް ފައިނަލް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގައި ދިވެހިރާއްޖެއިން ވަނީ މެދުނުކެނޑި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ވިދިވިދިގެން 6 ފަހަރު “ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން” ގެ އެވޯޑު ކާމިޔާބު ކުރުމުގެ އިތުރުން، އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު މަންޒިލްގެ ލަގަބުވެސް ރާއްޖެއިން ވަނީ ތަކުރާރުކޮށް ހޯދާފައެވެ. މި ހަފުލާ ރާއްޖޭގައި ބޭއްވުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަ ކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
މި ތާރީޚީ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން “ވިޒިޓް މޯލްޑިވްސް ވީކް” ގެ ނަމުގައި ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ. މި ހަރަކާތުގެ ތެރޭގައި ސިނާއަތުގެ އިސް ފަރާތްތަކުގެ ފޯރަމްތަކާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި އައު އީޖާދުތަކާ ބެހޭ މަޝްވަރާތަކުގެ އިތުރުން ރާއްޖެ އިޝްތިހާރު ކުރުމުގެ ތަފާތު ހަރަކާތްތައް ކުރިއަށްދާނެއެ
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
