
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއާއެކު އެއްބަސްވުމެއް އެކުލަވާލައި، ވީހާވެސް އަވަހަކަށް ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ހޯދުމަށްޓަކައި އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމުގެ ބައެއް ކަންކަމަށް ދޫދޭން ވިސްނަން ތައްޔާރުކަމަށް، އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު މާޖިދު ތަޚްތު ރަވާންޖީ ވިދާޅުވެއްޖެއެވެ. އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާ އާއެކު އަލުން މަޝްވަރާތައް ފަށައިގެން ކުރިއަށްދާއިރު، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ބަދަލުގައި، ނިއުކްލިޔަރ ޕްރޮގްރާމެއް ދޫތަކެއް ދޭން ތައްޔާރުކަމަށް އީރާނުން ވަނީ ބުނެފައެވެ. ނަމަވެސް، ބެލިސްޓިކް މިސައިލް ޕްރޮގްރާމަކީ މި މަޝްވަރާތަކުގެ ޚިއްޞާއެއް ނޫން ކަމަށާއި، އެކަމުގައި ދޫނުދޭނެކަމަށް އީރާނުން ދަނީ ބުނަމުންނެވެ.
އީރާނާއި އެމެރިކާއާ ދެމެދު މި މަހުގެ ކުރީކޮޅު އޮމާނުގައި ބޭއްވި މަޝްވަރާތަކަށްފަހު، އަންނަ އަންގާރަ ދުވަހު ޖެނީވާގައި މަޝްވަރާތަކުގެ އައު ބުރެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ރަވާންޖީ ވިދާޅުވިއެވެ. މަޝްވަރާތަކުގެ ފުރަތަމަ ބުރު ރަނގަޅަށް ދިޔަނަމަވެސް، ކުރިއެރުންތަކެއް ލިބޭނެކަމަށް ބުނަން އަދި މާ އަވަސްކަމަށް އޭނާ ވިދާޅުވިއެވެ. ޖެނީވާގައި އޮންނަ ބައްދަލުވުމަށް އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައިވާ މަންދޫބު ސްޓީވް ވިޓްކޯފް އާއި ޖެރެޑް ކުޝްނަރ ވަޑައިގަންނަވާނެ ކަމަށާއި، މި ބައްދަލުވުމުގައި ވެސް މެދުވެރިއެއްގެ ދަޢުރު އަދާކުރަނީ އޮމާނުން ކަމަށް ބައެއް މަސްދަރުތަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނެފައިވެއެވެ.
އީރާނުގެ ނިއުކްލިޔަރ ހަކަތައާބެހޭ އިސްވެރިޔާ ވަނީ، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ބަދަލުގައި، މިހާރު މުއްސަނދިކޮށްފައިހުރި ޔުރޭނިއަމްގެ ބައެއް ނައްތާލަން ތައްޔަރުކަމުގެ އިޝާރާތެއް ދެއްވައިފައެވެ. ނަމަވެސް، ޔުރޭނިއަމް މުއްސަނދިކުރުން އެކީގައި ހުއްޓައިލަން އީރާނުން އެއްބަސްނުވާނެކަމަށް ރަވާންޖީ ވިދާޅުވިއެވެ. ޔުރޭނިއަމް މުއްސަނދިކޮށްގެން ނިއުކްލިޔަރ ހަކަތަ އުފައްދަން މަސައްކަތް ކުރަމުންދަނީ މަދަނީ ބޭނުންތަކަށް ކަމަށް އީރާނުން ތަކުރާރުކޮށް ބުނިނަމަވެސް، އެކަން ޤަބޫލުކުރަން އެމެރިކާއިން ވަނީ ދެކޮޅު ހަދައިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
