
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާގެ އިދިކޮޅު ލީޑަރު އަލެކްސީ ނަވާލްނީ މަރައިލާފައި ވަނީ ނުރައްކާތެރި ވިހައެއް ބޭނުން ކޮށްގެން ކަމަށް ބުނެ، ވިލާތުގެ ފަސް ޤައުމަކުން ރަޝިޔާއަށް ބޮޑު ތުހުމަތެއް އަމާޒުކޮށްފިއެވެ. ނަވާލްނީ މަރުވީ، މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، ރަޝިޔާގެ ޖަލެއްގައި ޙުކުމް ތަންފީޒު ކުރަމުން ދަނިކޮށެވެ. އޭނާ މަރައިލުމަށް ނުރައްކާތެރި ވިހައެއް ބޭނުން ކޮށްފައިވާ ކަމުގައި ވިލާތުގެ ފަސް ޤައުމަކުން ތުހުމަތު ކޮށްފައިވާއިރު، ރަޝިޔާއިން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފައެވެ. މޮސްކޯއިން ސިފަކުރި ގޮތުގައި މިއީ ހުޅަނގުގެ ޕުރޮޕެގެންޑާއެކެވެ.
ނަވާލްނީގެ މަރާ ރަޝިޔާއާ ގުޅުވައި ތުހުމަތު އަމާޒުކޮށްފައިވާ ފަސް ޤައުމަކީ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ސްވިޑެން އަދި ނެދަލެންޑްސްއެވެ. އެ ޤައުމުތަކުން ބުނީ، ނަވާލްނީ މަރައިލުމަށް ދެކުނު އެމެރިކާގެ ޖަންގަލިތަކުގައި ދިރިއުޅޭ ބޮކެއްގެ ވިހަ ބޭނުން ކޮށްފައިވާ ކަން، އެ ޤައުމުތަކުގެ ސައިންސްވެރިގެ ދިރާސާތަކުން ހާމަވެފައިވާ ކަމުގައެވެ. އަދި، ނަވާލްނީގެ ހަށިގަނޑުން ނަގާފައިވާ ސާމްޕަލްތަކުން ‘އެޕިބެޓިޑައިން’ގެ ނަން ކިޔާ ވިހަ މާއްދާއެއްގެ އަސަރުތައް ހޯދިފައިވާ ކަމުގައެވެ. އެއީ، ޤުދުރަތީ ގޮތުން ރަޝިޔާއިން ލިބެންހުރި މާއްދާއެއް ނޫން ކަމުގައި ވެސް އެ ޤައުމުތަކުން ބުންޏެވެ. މި ތުހުމަތުތަކަށް ރައްދުދެމުން ރަޝިޔާގެ ސަރުކާރުން ބުނީ، ނަވާލްނީގެ މަރާ އެ ޤައުމުގެ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމުގައެވެ. ރަޝިޔާގެ ދައުލަތުގެ މީޑިޔާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަޝިޔާ ސަރުކާރުން ވަނީ މި ތުހުމަތުތަކަކީ “ހުޅަނގުގެ ޕްރޮޕެގަންޑާ” އަދި “އޮޅުވައިލުންތަކެއް”ގެ ގޮތުގައި ސިފަކޮށްފައެވެ. މީގެ އިތުރުން ލަންޑަންގައި ހުންނަ ރަޝިޔާ އެމްބަސީން ބުނެފައިވަނީ މީހެއްގެ މަރާ ގުޅުވައި ދައްކާފައިވާ މި ފަދަ ޙަޤީޤަތެއް ނެތް ވާހަކަތައް އެއްވެސް ފަރާތަކުން ޤަބޫލު ކުރާނެ ކަމާ މެދު ސުވާލު އުފެދޭ ކަމުގައެވެ.
ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަރިޔާ ޒަޚަރްވާ ވިދާޅުވީ، ނަވާލްނީގެ މަރާއި ރަޝިޔާއާ ގުޅުވައި ހުޅަނގުގެ ބާރުތަކުން ޙަޤީޤަތެއް ނެތް ވާހަކަތައް ފަތުރަމުން ދަނީ ހުޅަނގަށް ކުރިމަތިވެފައި އޮތް މައްސަލަތައް އޮއްބައިލައި، ޢާންމުންގެ ސަމާލުކަން އަނބުރައިލުމުގެ ނިޔަތުގައި ކަމުގައެވެ. ނަވާންލީ މަރުވީ 2024ވަނަ އަހަރުގެ ފެބުރުވަރީ މަހުއެވެ. މޮސްކޯއިން ބުނެފައި ވަނީ އޭނާ މަރުވީ ޤުދުރަތީ ސަބަބަކާ ގުޅިގެން ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރައީސް މުއިއްޒުގެ ސަރުކާރުން މިއަދު އަނބުރާ ދައްކައިފި!
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން...
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް...
