
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ސަރަޙައްދުތަކަށް އެކުވެރި ދައުލަތްތައް (އދ)ން ކަނޑައަޅާފައި ހުންނަވާ ޚާއްޞަ ރަޕޯޓަރ ފްރަންޗެސްކާ އަލްބެނޭޒޭ އެ މަޤާމުން ވަކިކުރުމަށް ވިލާތުގެ ބާރުތަކުން ގޮވައިލަމުންދާތީ އެ ކަން ކުށްވެރިކޮށް، 100ށްވުރެ ގިނަ މަޝްހޫރު ފަންނާނުން ސޮއިކޮށް އޭނާއަށް ތާއީދު އޮތް ކަން ހާމަކޮށްފިއެވެ. މި ކަން ހާމަކޮށް، ސިޓީއެއް ޝާއިޢު ކޮށްފައި ވަނީ ‘އާޓިސްޓްސް ފޯ ޕަލަސްޓަޔިން’ ކިޔާ ގުރޫޕަކުންނެވެ. އެ ގުރޫޕުން ނެރުނު ހުޅުވައިލެވިފައިވާ ސިޓީގައި ބުނެފައި ވަނީ އަލްބެނޭޒޭއަކީ އިންސާނީ ޙައްޤުތަކާއި ފަލަސްޠީނުގެ ރައްޔިތުންގެ ދިރިހުރުމުގެ ޙައްޤު ދިފާޢުކުރައްވާ ބޭފުޅެއް ކަމަށާއި، އޭނާއަށް ފުރިހަމަ ތާއީދު އޮތް ކަމުގައެވެ. މި ސިޓީގައި ސޮއިކޮށްފައިވާ މަޝްހޫރު ފަންނާނުންގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމުގައިވާ މާކް ރަފަލޯއާއި ހާވިއޭ ބަރްދެމް، ނޮބެލް އިނާމު ހާސިލު ކުރައްވާފައިވާ ލިޔުންތެރިޔާ އެނީ އެރްނޯ އަދި އިނގިރޭސިވިލާތުގެ މިޔުޒިޝަން އެނީ ލެނޮކްސް ހިމެނެއެވެ.
އަލްބެނޭޒޭއަށް ފާޑުކިޔުން އަމާޒުވެފައިވަނީ އަލްޖަޒީރާގެ ފޯރަމެއްގައި އޭނާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ އިންސާނިއްޔަތަށް އޮތް “ޢާންމު ދުޝްމަނަކީ” ޤަތުލުޢާންމުތަކާއި ނަސްލުހޭދު ކުރުމަށް މަގުފަހިކޮށްދޭ ނިޒާމު ކަމުގައެވެ. ނަމަވެސް، އޭނާ ދައްކަވާފައިވާ ވާހަކަފުޅުތައް އޮޅުވައިލައިގެން ފެތުރި ވީޑިއޯއެއްގައި، އެންމެ ބޮޑު ދުޝްމަނުގެ ގޮތުގައި އޭނާ ސިފަ ކުރައްވާފައި އެ ވަނީ ޔަހޫދީ އިސްރާއީލު ކަމުގައި ބުނެފައިވެއެވެ. ނަމަވެސް، އެއީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން އުފައްދާފައިވާ ވީޑިއޯއެއް ކަން ވަނީ ސާބިތުވެފައެވެ.
އެ ވީޑިއޯއާ ގުޅުވައި އަލްބެނޭޒޭގެ އިސްތިޢުފާއަށް ގޮވައިލާފައިވާ ޤައުމުތަކުގެ ތެރޭގައި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތް ހިމެނެއެވެ. ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ވަނީ އަލްބެނޭޒޭގެ ވާހަކަފުޅު ކުށްވެރި ކުރައްވާފައެވެ. އަދި، ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ވެސް ވަނީ އަލްބެނޭޒޭއަށް އޭނާގެ މަޤާމު ދެމެހެއްޓޭނެ ޖާގައެއް ނެތް ކަމުގައި ވިދާޅުވެފައެވެ. މަޝްހޫރު ލިޔުންތެރިޔާ އަދި ފިލްމު ޕުރޮޑިއުސަރު ފްރޮންކް ބަރާ ވިދާޅުވީ، އަލްބެނޭޒޭއަށް އަމާޒުކޮށް ހުޅަނގުގެ ބާރުތަކުން ޙަމަލާދެމުން ދަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ ޖަރީމާތަކުގެ ވާހަކަ އޭނާ ދައްކަވާތީ ކަމުގައެވެ. އަދި، ހުޅަނގުގެ ސިޔާސީ އެޖެންޑާއަކީ ޔަހޫދީ އިސްރާއީލަށް ފާޑުކިޔާ ކޮންމެ އަޑެއް ކަނޑުވައިލުން ކަމުގައެވެ.
އދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުގެ ތަރުޖަމާނު މަރްތާ އުރްތާދޯ ވެސް ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ އދގެ މިނިވަން ތަޖުރިބާކާރުންނަށް އަމާޒުކޮށް ކުރިމަތިކުރުވަމުންދާ ޒާތީ ޙަމަލާތަކާއި ބިރުދެއްކުމުގެ އަމަލުތަކުގެ ސަބަބުން، ޙަޤީޤީ އިންސާނީ ޙައްޤުތަކުގެ މައްސަލަތަކުން ސަމާލުކަން ގެއްލެމުންދާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
