
އިންޑިޔާ އަތުން ފަސޭހަ ކަމާއެކު ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި ޕާކިސްތާން ބަލިވީ އެ ޓީމުގެ ހޮވުމާއި ބެޓިން ވެސް ގޯސްވުމުން ކަމަށް ކެޕްޓަން ސަލްމާން އަލީ އަގްހާ ބުނެފި އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން އަގްހާ ބުނީ ސްރީލަންކާގެ ރަނަސިންހާ ޕްރެމަދާސާ ސްޓޭޑިއަމުގައި 61 ލަނޑުން ބަލިވި އެއް ސަބަބަކީ ފުރަތަމަ ދެތިން އޯވަރުގައި ޕާކިސްތާނުގެ މުހިންމު ވިކެޓްތަކެއް ދިއުމުން ކަމަށެވެ. މި މެޗުގައި ޓޮސް ދިމާވުމުން ޕާކިސްތާން ނިންމީ އުކާށެވެ. އިންޑިޔާއިން ބެޓް ކުރަން ނުކުމެ އިނިންގްސް ނިންމާލީ 175 ލަނޑު ހަދައިފަ އެވެ.
“އަހަރުމެން ސްޕިން ހަތަރު ކުޅުންތެރިން ބޭނުން ކުރިން އުކުމުގައި. އެކަމަކު އެ މީހުންގެ ވަރަށް އޮފް ދުވަހަކަށްވީ. މިއީ އެންމެ ބޮޑު އެއް މައްސަލަ، ހޮވުމުގައި މެޗުގެ ބައެއް ހިސާބުތަކުގައި ވަރަށް ދޯދިޔާކޮށް ދިޔައީ. ބެޓިންގައި އަހަރުމެންނަށް މެޗު ފަށައިގަނެވުނީ އެހާ ރަނގަޅަކަށް ނޫން،” އަގްހާ ބުންޏެވެ. އޭނާ ބުނީ ޕާކިސްތާންގެ އިނިންގްސްގައި ދަނޑުގެ ހާލަތު ވެސް އޮތީ ރަނގަޅަށް ކަމަށާއި ނަމަވެސް ބެޓިންގައި ޕާކިސްތާނަށް ކުރެވުނު ރަނގަޅު ކަންކަން މަދު ކަމަށެވެ. “މި މެޗު މިހެން ވިޔަސަ އަހަރުމެން ދެން މަސައްކަތް ކުރަން ޖެހޭނީ ކުރިއަށް އޮތް މެޗަށް. އެ މެޗުން މޮޅުވެގެން އަހަރުމެން މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރުކުރީމާ އެ ނިމުނީ. އެ ހިސާބުން އެއީ މުޅިން އެހެން މުބާރާތެއްހެން ހީވާނީ. އެހެންވީމާ މިހާރު އެންމެންގެ ވެސް ފޯކަސް ހުރީ ކުރިއަށް އޮތް މެޗަށް،” އަގްހާ ބުންޏެވެ.
ރޭގެ މެޗުން މޮޅުވުމާއެކު ގްރޫޕް އޭއިން ޓޭބަލުގެ އެއްވަނާގައި އޮތީ އިންޑިޔާ އެވެ. މި ގްރޫޕުން ދެ ވަނަ ޓީމެއްގެ ގޮތުގައި ސެމީ ފައިނަލަށް ދިއުމުގެ އުއްމީދު ބޮޑީ ވެސް ޕާކިސްތާނަށެވެ. ނަމަވެސް ބުދަ ދުވަހު ނެމީބިއާ ބަލި ކުރަން ޖެހޭނެ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
