
ބްލޫ ލެގޫން ލަކްޝަރީ ރެސިޑެންސްގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާއިރު، އެ މަޝްރޫޢުގެ ޓީމުން ދިވެހި އެންމެހައި ރައްޔިތުންނަށް ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރެއެވެ. މި މުޤައްދަސް މަހާ ގުޅިގެން، ޑިވެލޮޕަރުން ވަނީ މިހާރު ހުޅުވާލާފައިވާ “އާލީ ފޭސް” ނުވަތަ ކުރީކޮޅުގެ އަގުތަކުގައި އެޕާރޓްމަންޓް ބުކްކުރުމުގެ ފުރުސަތު އިތުރުކުރަން ނިންމާފައެވެ. މި މަރުހަލާގައި ” އާލީ ފޭސް” އަގުތަކުގައި ވިއްކުމަށް ކަނޑައެޅި އެޕާރޓްމަންޓްތަކުގެ އަދަދު މިހާރުވަނީ ހާސިލް ކުރެވިފައެވެ. އެހެން ނަމަވެސް ބަރަކާތްތެރި ރޯދަމަހަށް ޙާއްސަކޮށް، ބްލޫލެގޫންގެ ޑިވޮލޮޕަރުން ވަނީ މިއަގުތަކުގައި ލަކްޒަރީ އެޕާރޓްމަންޓްތައް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ރޯދަމަހުގެ ނިޔަލަށް އިތުރުކޮށްދޭން ނިންމާފައެވެ.

(ފޮޓޯ: ކޮމާޝަލް އޭރިއާގެ އަޕްޑޭޓް)
މިދިޔަ މަހު ބޭއްވުނު ބިންގާ އެޅުމުގެ ރަސްމިއްޔާތަށްފަހު، ރެސިޑެންޝަލް ޓަވަރުތަކާއި ކޮމާޝަލް އާކޭޑްގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ބާރުމިނުގައި ދަނީ ކުރިއަށެވެ. ބިންގާ އެޅުމާއި ކޮނުމުގެ މަސައްކަތްތައް މިހާރު ފެންނަން ހުރިއިރު، މިއީ ކަނޑައެޅިފައިވާ މުއްދަތަށް މަޝްރޫޢު ނިންމުމަށް ޑިވެލޮޕަރުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެކެވެ. މި މަޝްރޫޢަށް އޮތް ތަރުޙީބު އާދަޔާޚިލާފަށް ބޮޑުވެފައިވާއިރު، ދެ ޓަވަރުންވެސް ފްލެޓް ބުކްކުރުން ހަލުވިކަމާއެކު ދަނީ ކުރިއަށެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބްލޫ ލެގޫންއިން ވަނީ “ކޮމިއުނިޓީ ރިވޯޑްސް ޕްރޮގްރާމް” އެއް ތައާރަފުކޮށްފައެވެ. މިއީ ރާއްޖޭގައި މިގޮތަށް ހިންގޭ ފުރަތަމަ ރިފަރަލް ސްކީމެވެ. މި ސްކީމުގެ ދަށުން، މިހާރު ފްލެޓް ގަނެފައިވާ ފަރާތަކުން އައު ގަންނަ ފަރާތެއް ހުށަހަޅައިފިނަމަ، އެ މީހަކު ގަނެފައިވާ އެޕާޓްމަންޓުން %1 ގެ ޑިސްކައުންޓެއް ލިބޭނެއެވެ. މިއީ ހަމައެކަނި މާލީ އިނާޔަތެއް ނޫނެވެ؛ މިއީ ދިރިއުޅޭ ފަރާތްތަކަށް އެމީހުންގެ އަވަށްޓެރިން އިޚްތިޔާރުކުރުމުގެ ފުރުސަތުދީ، އެއްބައިވަންތަ އަދި ގާތް ގުޅުމެއް އޮންނަ މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިކޮށްދޭ އައު އުސޫލެކެވެ.

(ފޮޓޯ: ރެޒިޑެންޓިއަލް އޭރިއާގެ އަޕްޑޭޓް)
ޒަމާނީ، މަތީ ފަންތީގެ ދިރިއުޅުމަކަށް އަމާޒުކޮށް ފަރުމާކޮށްފައިވާ ބްލޫ ލެގޫން ރެސިޑެންސްއަކީ ތަނަވަސްކަމާއި، ދުޅަހެޔޮކަމާއި، މުނިފޫހިފިލުވުމުގެ އިތުރުން ސަލާމަތީގޮތުންނާއި އަމިއްލަ މިނިވަންކަމަށް ބޮޑު އިސްކަމެއްދީގެން ބިނާކުރާ ތަނެކެވެ. މި މަޝްރޫޢުގެ އާކިޓެކްޗަރަލް ފަރުމާގެ އިސް ފަރާތަކީ އިންޑިއާގެ މަޝްހޫރު އާކިޓެކްޓް ހަފީޒް ކޮންޓްރެކްޓަރެވެ. ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވިފައިވާ އޭނާގެ ފަރުމާތަކުގެ ތެރޭގައި ދުބާއީގެ މަޝްހޫރު ’23 މެރީނާ’ (އެއްދުވަސްވަރެއްގައި ދުނިޔޭގެ އެންމެ އުސް ރެސިޑެންޝަލް ބިލްޑިންގް) ހިމެނެއެވެ. މިއީ ބްލޫ ލެގޫންއިން ބައިނަލްއަޤްވާމީ ފެންވަރުގެ ފަރުމާއަކަށް ދޭ ސަމާލުކަން ހާމަކޮށްދޭ ކަމެކެވެ. ބްލޫ ލެގޫންގެ އެޕާޓްމަންޓްތައް ފާހަގަކޮށްލެވެނީ ހަމައެކަނި މެރީނާގެ ހިތްގައިމު މަންޒަރުތަކުން އެކަންޏެއް ނޫނެވެ. މިއީ ހުޅުމާލެއިން ލިބެން ހުރި އެންމެ ތަނަވަސް އެޕާޓްމަންޓްތަކުގެ ތެރޭގައި ހިމެނޭ ތަންތަނެވެ. މީގެ ތެރޭގައި:
- 2 ބީއެޗްކޭ (1,035 އަކަފޫޓު)
- 2 ބީއެޗްކޭ ލަކްޝަރީ (1,280 އަކަފޫޓު)
- ވައި ދައުރުވާގޮތަށް ފަރުމާކޮށްފައިވާ 2+1 ބީއެޗްކޭ (1,340 އަކަފޫޓު)
- ތިން ފަރާތުން މަންޒަރު ފެންނަ، ތަނަވަސް 3 ބީއެޗްކޭ (1,795 އަކަފޫޓާއި 1,875 އަކަފޫޓާ ދެމެދު) ހިމެނެއެވެ.
މީގެ އިތުރުން، ދިރިއުޅޭ ފަރާތްތަކަށް އެކަނި ޚާއްޞަ 35,000 އަކަފޫޓުގެ އެމެނިޓީ ސަރަޙައްދެއް ހިމެނެއެވެ. މީގެ ތެރޭގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްޞަ ކްލަބް ހައުސްއަކާއި، ރާއްޖޭގެ އެންމެ ބޮޑު “ޓެރަސް ގާޑަން” ހިމެނެއެވެ. ކްލަބް ހައުސްގައި ފުރިހަމަ ޖިމެއް، ހަފްލާތައް ބޭއްވޭނެ މަލްޓިޕާޕަސް ހޯލެއް، ކުޑަކުދިން ކުޅޭ ސަރަޙައްދެއް، ޑޭ-ކެއަރ ސެންޓަރެއް، ޕްރައިވެޓް ތިއޭޓަރެއް، ކޮންފަރެންސް ރޫމެއް އަދި 4,500 އަކަފޫޓުގެ އައުޓްޑޯ ޕާކަކާއެކު ފެމިލީ އެންޓަޓެއިންމަންޓް ސެންޓަރެއް ހިމެނެއެވެ. މި އިމާރާތުގެ އެންމެ ހިތްގައިމު އެއް ތަނަކީ 18 ވަނަ ފަންގިފިލާގައި ދެ ޓަވަރު ގުޅުވައިދޭ 24,000 އަކަފޫޓުގެ ބޮޑު ޓެރަސް ގާޑަނެވެ. މިތަނުގައި ރިސޯޓް ފެންވަރުގެ ބަގީޗާތަކާއި، ބާބަކިއު އޭރިއާއަކާއި، ބޮޑު ފަތާ ފެންގަނޑެއްގެ އިތުރުން ޖޮގިންގް ޓްރެކެއް ހިމެނެއެވެ. މިއީ އަރާމުކޮށްލުމަށާއި އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަށް ހަދާފައިވާ ޚާއްޞަ މަރުކަޒެކެވެ.
ދެ ޓަވަރުންވެސް ފްލެޓްތައް މިހާރު ލިބެން ހުރިއިރު، ޝައުޤުވެރިވާ ފަރާތްތަކުން ހުޅުމާލޭގައި ހުންނަ ބްލޫ ލެގޫން ސޭލްސް އޮފީހަށް ޒިޔާރަތްކޮށް، ވީއާރް (VR) ޓުއަރއެއްގެ އެހީގައި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ދައުވަތު އަރުވަމެވެ. ފިޠުރު ޢީދަށްފަހު އަގުތަކަށް ބަދަލު އައުމުގެ ކުރިން، މިހާރުގެ އަގުގައި ތަނެއް ކަށަވަރުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
About Post Author
މާދަމާ ނިއުސް
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރައީސް މުއިއްޒުގެ ސަރުކާރުން މިއަދު އަނބުރާ ދައްކައިފި!
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން...
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް...
