
(ފޮޓޯ ކްރެޑިޓްސް: އައިއެމްއެފް)
8.2 ބިލިޔަން އެމެރިކާ ޑޮލަރުގެ ލޯނު ޕްރޮގްރާމެއްގެ ބައެއް ޝަރުތުތަކަށް ލުއި ދިނުމާ ގުޅޭގޮތުން ޔޫކްރެއިންގެ ސަރުކާރާއި ބައިނަލްއަޤްވާމީި މާލީ އިދާރާ، އައިއެމްއެފްއާ ދެމެދު އެއްބަސްވުމަކާ ހަމައަށް އައިސްފިއެވެ. 2022 ވަނަ އަހަރުން ފެށިގެން ޔޫކްރެއިންއާއި ރަޝިޔާ ހަނގުރާމަކުރަމުންދާއިރު، ދިފާޢީ ޤާބިލުކަމާއި އިޤްތިޞާދު ދަމަހައްޓައި މުސާރަ ދިނުމަށާއި ފެންޝަން ދިނުމަށް ޔޫކްރެއިނުން ބަރޯސާ ވަނީ ހުޅަނގުން ލިބޭ މާލީ އެހީތެރިކަމުގެ މައްޗަށެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އައިއެމްއެފްއާއި ޔޫކްރެއިނުން ވަނީ ހަތަރު އަހަރުގެ އައު ލޯނު މަޝްރޫޢުއެއް ކުރިއަށް ގެންދިޔުމަށް އެއްބަސްވެފައެވެ. ނަމަވެސް ބޯޑުގެ ރުހުން ހޯދުމަށް އަމިއްލަ ވިޔަފާރި ހިންގާ ވަކިވަކި ފަރުދުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް ޔޫކްރެއިންއަށް ވަނީ ޝަރުތުކޮށްފައެވެ.
ޔޫކްރެެއިންގެ ބޮޑުވަޒީރު ޔޫލިޔާ ސްވިރިދެންކޯ ވިދާޅުވީ ނޮވެމްބަރު މަހުގެ އެއްބަސްވުމުގެ ދަށުން ޓެކްސް ބޮޑުކުރުމަށް ކޮށްފައިވާ ޝަރުތައް ބަދަލު ގެނެސް، އިތުރު ލުއިތައް ދިނުމަށް އައިއެމްއެފްއާއެކު މިހާރު އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށެވެ. ނޮވެމްބަރު މަހުގެ ތެރޭގައި ނިންމާފައި ވަނީ އަމިއްލަ ވިޔަފާރި ހިންގާ ވަކިވަކި ފަރުދުންނަށް އަހަރެއްގެ މައްޗަށް 23,200 އެމެރިކާ ޑޮލަރު ލިބޭ ނަމަ ޓެކްސްއެއް ދައްކަންޖެހޭ ގޮތަށެވެ. ނަމަވެސް މިހާރު އެ ނިންމުން ބަދަލުކޮށް، އެ ޓެކްސް ނެގުމަށް ހަމަޖެހިފައި ވަނީ އަހަރެއްގެ މައްޗަށް 93،000 އެމެރިކާ ޑޮލަރު ލިބޭ އަމިއްލަ ފަރުދުންގެ އަތުންނެވެ. ކުރީގެ ނިންމުމުގެ ސަބަބުން 600،000 އަމިއްލަ ވިޔަފާރި ކުރާ ފަރުދުންނަށް އަސަރުކުރާނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް ފަހުން ގެނައި ބަދަލާއެކު ޓެކްސްގެ އަސަރުކުރާނީ ގާތްގަނޑަކަށް 250،000 މަސައްކަތްތެރިންނަށެވެ.
އައިއެމްއެފްގެ ދެން އެންމެ އަވަހަށް ބާއްވާ ބައްދަލުވުމެއްގައި އެ ޕްރްގުރާމު މުރާޖަޢާ ކުރާނެ ކަމަށް ސްވިރިދެންކޯ ވިދާޅުވިއެވެ. އައިއެމްއެފްއިން އެ ޕްރޮގްރާމަށް ރުހުން ދިނުމަކީ އެހެން ގޮތްގޮތުން ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ވިލާތުގެ އިއްތިޙާދުން ހޯދާ 106.8 ބިލިޔަން އެމެރިކާ ޑޮލަރުގެ ލޯނަށް ވެސް އެ ނިންމުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. ރަޝިޔާގެ ޙަމަލާތައް އިތުރު ކުރުމުގެ ސަބަބުން ފާއިތުވި މަސްތަކުގައި ޔޫކްރެއިންގެ އިޤްތިޞާދީ ޙާލަތު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެ ޙަމަލާތަކުގެ ސަބަބުން އެ ޤައުމުގެ ހަކަތައިގެ ނިޒާމަށް ބޮޑެތި ގެއްލުންތައް ލިބި، ގޭގެއަށް ކަރަންޓު ދިނުމުގައި ދަތިތައް ދަނީ ކުރިމަތިވަމުންނެވެ. އަދި ޔޫކްރެއިންގެ އުފެއްދުންތެރިކަމުގެ ނިސްބަތް ކުރިއަރާނެ ކަމަށް ބެލެވިފައި މިންވަރު ވެސް ވަނީ ދަށަށް ދާން ފަށައިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
