
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މީގެކުރިން ގެންގުޅުނު ހަރުކަށިކަން ދޫކޮށްލައި، ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރަން އެމެރިކާއިން ބޭނުންވާކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވެއްޖެއެވެ. ޖަރުމަނުވިލާތުގައި ކުރިއަށްދާ މިޔުނިކް ސެކިޔުރިޓީ ކޮންފަރެންސްގައި ތަޤުރީރު ކުރައްވަމުން ރޫބިޔޯ ވިދާޅުވި ގޮތުގައި، ޔޫރަޕާއި އެމެރިކާ އޮންނަންޖެހޭނީ އެކުގައި ކަމަށާއި، ޔޫރަޕުގެ ސަލާމަތާއި ރައްކާތެރިކަން އެމެރިކާއަށް ވެސް މުޙިންމެވެ. އެމެރިކާއިން އެކަނި ނުކުމެ، ދުނިޔޭގައި ހަމަޖެހުން ޤާއިމުކުރުމަށް ރައީސް ޓްރަމްޕްގެ ސަރުކާރުން ތައްޔާރަށް އޮތް ނަމަވެސް، ޔޫރަޕުގައި ތިބި “ރަހުމަތްތެރި” ޤައުމުތަކާ ގުޅިގެން އެކަން ކުރެވޭނެކަމަށް ޢުއްމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ކޮންފަރަންސްގައި ވިލާތުގެ ޤައުމުތަކުގެ އިމިގްރޭޝަން އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދިނުމުގެ ސިޔާސަތުތަކަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު، މި އަހަރު ރޫބިޔޯ ދެއްވި ތަޤުރީރު ވަރަށް މަޑުމައިތިރި ރާގަކަށް ބަދަލުކޮށްލާފައިވާކަން ފާހަގަވިއެވެ. ނަމަވެސް، ރޫބިޔޯ ވެސް ވަނީ ވިލާތުގެ އިމިގްރޭޝަން ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބޭރުގެ ޤައުމުތަކުން ހިޖުރަވެރިން އިތުރުވެ، މުޅި ހުޅަނގުގެ ސަލާމަތާއި ރައްކާތެރިކަން ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައިވާކަމަށް ވިދާޅުވެފައެވެ. މިޔުނިކް ސެކިޔުރިޓީ ކޮންފަރެންސްގެ އެޖެންޑާގައި އެންމެ ކުރީގައި އޮތީ އެމެރިކާއާއި ވިލާތުގެ ބާރުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގެ ވާހަކައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އެ ބައްދަލުވުމުގައި މި ކަމަށް އަލިއަޅުވައިލާފައިވާ މިންވަރުން، މަސްރަޙް ހޫނުވެފައިވާ މިންވަރު ސާފުވެގެން ގޮސްފައިވާ ކަމުގައެވެ. ވިލާތުގެ ޤައުމުތަކަށް މި ވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ކަމުގައި އެ ޤައުމުތަކުން ޤަބޫލު ކުރެއެވެ.
މިގޮތުން، ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ ޤާބިލުކަން އިތުރުކޮށް، ފުޅާކުރުމަށް މި ކޮންފަރެންސްގެ ތެރެއިން ވިލާތުގެ ވެރިން ވަނީ ބާރުއަޅުއްވައިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
