
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ވިލާތުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރަން ޖެހިފައިވާ ކަމަށާއި، ވިލާތާއާއި އެމެރިކާއާ ދެމެދުގައި އޮތް ގުޅުންތައް އަލުން އިޔާދަ ކުރަން ޖެހިފައިވާ ކަމުގައި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތުގެ ވެރިން ވިދާޅުވެއްޖެއެވެ. ޖަރުމަނުވިލާތުގެ ޗާންސެލަރ ފްރީދްރިޝް މެޔަޓްޒް އަދި ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްޚްރޮން މި މޭރުމުން ވިދާޅުވެފައި ވަނީ ޖަރުމަނުވިލާތުގައި ކުރިއަށްދާ މިޔުނިކް ސެކިޔުރިޓީ ކޮންފަރެންސްގައި ތަޤުރީރު ކުރައްވަމުންނެވެ. މެޔަޓްޒް ވިދާޅުވީ، ވިލާތުގެ ނިއުކްލިޔަރ ދިފާޢީ ޤާބިލުކަން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ފަރަންސޭސިވިލާތާ އެކު މަޝްވަރާތައް ފަށާފައިވާ ކަމުގައެވެ. އޭނާ ވިދާޅުވީ، އެމެރިކާއާ ދެމެދު ހީނަރުވެފައިވާ ގުޅުންތައް އަލުން އިޔާދަ ކުރުމަށް ޓަކައި، ވިލާތުގެ ޤައުމުތަކަކީ ދިފާޢީ ގޮތުން ބާރުގަދަ ސަރަޙައްދެއްގެ ގޮތުގައި ޤާއިމު ކުރަން ޖެހޭ ކަމުގައެވެ. އަދި، ވިލާތުގެ ޤައުމުތަކާ މެދު އޮތް އިތުބާރު އައު ކުރުމަށް އޭނާ ވަނީ ވޮޝިންގްޓަނަށް ގޮވައިލައްވާފައެވެ.
މެކްޚްރޮން ވިދާޅުވީ، ރަޝިޔާގެ ފުށުން ވިލާތުގެ ޤައުމުތަކަށް އޮތް ނުރައްކާތެރިކަން ފިލައިގެންދާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައެވެ. އަދި، ވިލާތަކީ ބާރުގަދަ ސަރަޙައްދަކަށް ހަދަން ޖެހޭ ކަމުގައި އޭނާ ވެސް ވިދާޅުވިއެވެ. ވިލާތުގެ ޤައުމުތަކުގައި މި ވަގުތު އަމަލު ކުރަމުންދާ ދިފާޢީ ނިޒާމަކީ ފިނިހަނގުރާމައިގެ ދުވަސްވަރު އެކުލަވައިލާފައިވާ ނިޒާމެއް ކަމަށާއި، އެ ނިޒާމު ހަރުދަނާކޮށް އަދާހަމަ ކުރަން ޖެހިފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. މިޔުނިކް ސެކިޔުރިޓީ ކޮންފަރެންސްގެ އެޖެންޑާގައި އެންމެ ކުރީގައި އޮތީ އެމެރިކާއާއި ވިލާތުގެ ބާރުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގެ ވާހަކައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އެ ބައްދަލުވުމުގައި މި ކަމަށް އަލިއަޅުވައިލާފައިވާ މިންވަރުން، މަސްރަޙް ހޫނުވެފައިވާ މިންވަރު ސާފުވެގެން ގޮސްފައިވާ ކަމުގައެވެ. ވިލާތުގެ ޤައުމުތަކަށް މި ވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ނުރައްކަލަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ކަމުގައި އެ ޤައުމުތަކުން ޤަބޫލު ކުރެއެވެ.
ނިއުކްލިޔަރ ޤާބިލުކަން ވަރުގަދަ ކުރުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މެޔަޓްޒް ވިދާޅުވީ، އެ ކަމާ ގުޅޭ ގޮތުން ފަރަންސޭސިވިލާތާ އެކު ސިއްރު މަޝްވަރާތަކެއް ކުރަމުންދާ ކަމުގައެވެ. ނަމަވެސް، ޖަރުމަނުވިލާތުގެ އަމަލުތައް އަބަދުވެސް ޤާނޫނީ އިމުގެ ތެރޭޭގައި ހިފަހައްޓާނެ ކަމަށާއި، އެ ކަން ކުރާނީ ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ ހިއްސާއާ އެކުގައި ކަމުގައި ވެސް މެޔަޓްޒް ވިދާޅުވިއެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަރުމަނުވިލާތަށް ނިއުކްލިޔަރ ހަތިޔާރު އުފެއްދުން އޮތީ މަނާކޮށްފައެވެ. މި ވަގުތު ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ މެންބަރު ޤައުމުތަކުގެ ތެރޭގައި އޮތް ހަމައެކަނި ނިއުކްލިޔަރ ބާރަކީ ފަރަންސޭސިވިލާތެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
