
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޣައްޒާގެ ރައްޔިތުން ނައްތާލައި ނަސްލުހޭދު ކުރުން ހުއްޓައިލުމަށް އެފްރިކާގެ އިއްތިޙާދު، އޭޔޫއިން ގޮވާލައިފިއެވެ. އިތިއޯޕިޔާގެ އައްދިސް އަބާބާގައި ކުރިއަށްދާ އޭޔޫގެ 39ވަނަ ސަމިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭޔޫގެ މުޤައްރިރު، މަޙްމޫދު ޢަލީ ޔޫސުފް ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުން ތަހައްމަލް ކުރަމުންދާ ވޭނާއި ކެކުޅުމުގެ ފަހަތުގައިވާ އަމަލުތަކަކީ އޭގެ ސަބަބުން މުޅި އިންސާނީ ދަރިފަސްކޮޅަށް އޭގެ ސަބަބުން ސިހުން ގެނުވާ ކަމަށެވެ. ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނިއްޔަތާބެހޭ ޤާނޫނަކީ ބައިނަލްއަޤްވާމީ މުޖުތަމަޢު އޭގެ މައްޗަށް ބިނާވެފައިވާ އަސްލު ކަމަށް ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސް އެޅުން ވަގުތުން ވަގުތަށް ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.
މަޙްމޫދުގެ ވާހަކަފުޅުގައި އެފްރިކާ ބައްރުގައި ހިނގަމުންދާ އެކި ހަމަނުޖެހުންތަކަށް ވެސް އަލިއަޅުވާލައްވާފައިވެއެވެ. އެ ގޮތުން ސޫދާންއާއި ސާހެލްއާއި ކޮންގޯއާއި ސޮމާލިޔާގެ ޙާލަތާ ގުޅޭ ގޮތުން ވެސް އޭނާ ވާހަކަ ދައްކަވާފައިވެއެވެ. ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން އެ ސަހަރަށް ދޭން ފެށި ޙަމަލާތަކުގައި މިހާތަނަށް 72،045 މީހުން ޝަޖީދުކޮށްލައި 171،686 މީހުންނަށް ވަނީ ޒަޅަމް ކޮށްލައިފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ނަމެއްގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. ނަމަވެސް ޔަހޫދީން ދަނީ އެއްބަސްވުމާ ޚިލާފަށް ޣައްޒާގެ ރައްޔިތުންނަށް ޙަަމަލާ ދެމުންނެވެ.
އޭޔޫ ސަމިޓުގައި އެ އިއްތިޙާދުގެ 55 މެންބަރު ޤައުމުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ދެ ދުވަހަށް ދެމިގެންދާ މި ސަމިޓުގައި ވާހަކަ ދައްކަވަމުން އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިޔޯ ޤުތެޚޭޝް ވިދާޅުވީ އޭޔޫއަކީ ދުނިޔޭގައި ބައިބައިވުމާއި ނުތަނަވަނސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި މައްސަލަތައް ޙައްލު ކުރުމަށް ގުޅިގެން މަސަައްކަތް ކުރުމުގެ އަލިގަދަ މިސާލެއް ކަމަށެވެ. އަދި އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑިއެއް އެފްރިކާއަށް ދިނުމަށް އޭނާ ގޮވައިލެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
