
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނުގެ ރިޔާލްގެ އަގު ވައްޓާލައި، ރައްޔިތުން މުޒާހަރާއަށް ނެރުމަށް، ޑޮލަރު ލިބުން ތާށިކުރިކަމަށް އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވެއްޖެއެވެ. އީރާނުގެ ރިޔާލް އަގު ވަރަށް ބޮޑަށް ވެއްޓި، މުދަލުގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން، އީރާނުގެ އެކި ކަންކޮޅުތަކުގައި މިދިޔަ ޑިސެެމްބަރު މަހާއި ޖެނުއަރީ މަހުގެ ތެރޭގައި ޢާންމުންގެ އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކޮށްފައެވެ. މުޒާހަރާތަކުގެ ތެރެއިން ސަލާމަތީ ބާރުތަކާ ވަރުގަދަ ކުރިމަތިލުންތައް ހިނގައި، ހިންގި ހަމަނުޖެހުންތަކުގައި 6،800އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ޑޮލަރު ތާށިކުރުމަށްޓަކައި، އީރާނުން މުދާ ބޭރުކުރުމަށް ހުރަސްއަޅައި، އެމެރިކާގެ މާލީ ބާޒާރުން މުޢާމަލާތްކުރުން ހުއްޓުވައިލުމުން، ބޭރުން މުދާ ގަނެވޭ މިންވަރަށް ޑޮލަރު ނުލިބި، ތަކެތީ އަގު އިންތިހާއަށް އުފުލިގެންދިޔުމަށް އެމެރިކާއިން މަގުފަހިކޮށްދީފައިވާކަމަށް ތަޖުރިބާކާރުން ޤަބޫލުކުރައްވައެވެ.
އީރާނާ ގުޅޭގޮތުން، ކޮންގްރެސްގެ އަޑުއެހުމެއްގައި ބެސެންޓު ވިދާޅުވީ، ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވީ، އީރާނަށް މާލީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވުމަށް ކަމަށެވެ. އެގޮތުން، އެމެރިކާއިން ޑޮލަރު ލިބުން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި އީރާނުގެ އިޤްތިޞާދު އެކީގައި ވަޅުޖެހުނުކަމަށް އޭނާ ވިދާޅުވިއެވެ. އަދި އީރާނުގެ ރައްޔިތުން ނުކުމެ މުޒާހަރާކުރަން ފެށީ ސީދާ އެކަމުގެ ސަބަބުން ކަމަށް ވެސް ބެސެންޓު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އީރާނުގެ ސަރުކާރުގެ އިސްވެރިން، ޤައުމުން ބޭރަށް ފައިސާ ގެންދަން ހިންގަމުންދާ މުޢާމަލާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެއީ ޤައުމު ދޫކޮށް ދިޔުމަށް ތައްޔާރުވަމުންދާކަމުގެ ހެއްކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އީރާނުގެ ނިއުކްލިއަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެމެރިކާއާއި އީރާނުގެ މަންދޫބުން ހުސްވި ހަފުތާގައި އޮމާންގައި ބައްދަލުވުންތަކެއް ބާއްވާފައިވާއިރު، އެމެރިކާއިން ވަނީ މެދުއިރުމައްޗަށް އަސްކަރީ ބާރުތައް ޖަމާކޮށްފައެވެ. އެމެރިކާއިން ދަނީ ތިން ކަމަކަށް އީރާނަށް ޝަރުތުކުރަމުންނެވެ. އޭގެތެރޭގައި ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓައިލުމާއި، ބެލިސްޓިކް މިސައިލް ޕްރޮގްރާމު އުވާލުމާއި، މެދުއިރުމަތީގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކަށް ވާގިވެރިވުން ހުއްޓައިލުން ހިމެނެއެވެ. ނަމަވެސް، އެމެރިކާގެ ޙަޤީޤީ މަޤްޞަދަކީ، އީރާނުގެ ވެރިކަން ބަދަލުކޮށް، އައު ސަރުކާރެއް ޤާއިމުކުރުން ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
