
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނަށް ޙަމަލާ ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރައްވައިފި ނަމަ، ހަފުތާތަކަކަށް ދެމިގެން ހިނގައިދާނެ ހަނގުރާމައެއް އެ ޤައުމާ ދެކޮޅަށް ފެށުމަށް އެމެރިކާގެ އަސްކަރިއްޔާއިން ތައްޔާރުވަމުންދާ ކަން ހާމަވެއްޖެއެވެ. މި ކަން އިޢުލާނު ކޮށްފައި ވަނީ، ނަން ހާމަ ނުކުރުމަށް ޝަރުޠުތައް ނޫހަކަށް މަޢުލޫމާތު ދެއްވި އެމެރިކާގެ ދެ އޮފިޝަލެކެވެ. އެ މަޢުލޫމާތަށް ބަލާއިރު، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްވެ، ކުރިން ފެނިފައިނުވާ ފަދަ ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމުގައި މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. އީރާނުގެ ނިއުކްލިއަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެމެރިކާއާއި އީރާނުގެ މަންދޫބުން ހުސްވި ހަފުތާގައި އޮމާންގައި ބައްދަލުވުންތަކެއް ބާއްވާފައިވާއިރު، އެމެރިކާއިން ވަނީ މެދުއިރުމައްޗަށް އަސްކަރީ ބާރުތައް ޖަމާކޮށްފައެވެ. އޭގެ ތެރޭގައި އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަން ހިމެނެއެވެ. އަދި، އީރާން ކައިރިއަށް އިތުރު އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރަކާއި ގިނަ އަދަދެއްގެ ސިފައިންނާއި، އަސްކަރީ މަތިންދާބޯޓުތަކާއި ގައިޑެޑް-މިސައިލް ޑިސްޓްރޯޔަރު ފަދަ މަނަވަރުތައް ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އުތުރު ކެރޮލައިނާގައި ހުންނަ އަސްކަރީ މަރުކަޒެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އީރާނާއެކު އެއްބަސްވުމަކަށް އައުމަކީ “ދަތިކަމެއްގެ” ގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ. އަދި “ބައެއް ފަހަރު ކަންކަން ހައްލުކުރުމަށް ޙަޤީޤަތުގައި ވެސް ބޭނުންވަނީ ބިރުވެރިކަން” ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. އެމެރިކާގެ މަޞްދަރުތަކުން ބުނީ، މިހާރު ފެށުމަށް ތައްޔާރުވަމުންދާ އަސްކަރީ އޮޕަރޭޝަނަކީ، ހުސްވި އަހަރު އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގި އަސްކަރީ އޮޕަރޭޝަނާ އަޅައިބަލާއިރު މާ ފުޅާ އޮޕަރޭޝަނަކަށް ވެގެންދާނެ ކަމުގައެވެ. ހުސްވި އަހަރު އެމެރިކާއިން ޙަމަލާ ދީފައި ވަނީ އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ހިންގާ މަރުކަޒުތަކަށް އެކަންޏެވެ. ނަމަވެސް، އީރާންގެ ދައުލަތާއި އަސްކަރީ މަރުކަޒުތަކަށް ޙަމަލާ ދިނުމަށް އެމެރިކާއިން މިިހާރު ތައްޔާރުވަމުންދާ ކަމުގައި ވެސް އެ ޤައުމުގެ އޮފިޝަލުން ބުންޏެވެ.
ދިގުދެމިގެން ހިނގައިދާނެ އަސްކަރީ އޮޕަރޭޝަނެއް އީރާނާ ދެކޮޅަށް ފެށުމަކީ އެމެރިކާއަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ސަބަބަކީ، އީރާންގެ ބިޔަ އަދި ވަރުގަދަ މިސައިލް ޕުރޮގުރާމެވެ. އީރާނަށް ޙަމަލާ ދީފި ނަމަ، އެ ޤައުމުން ވެސް ރައްދުގައި ޙަމަލާ ދޭނެ ކަމަށް އެމެރިކާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ބަދަލުގައި ޙަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ވެސް އޮތީ ދީފައެވެ. އީރާންގެ ރައްދު ޙަމަލާތައް އަމާޒުކުރާނެ ކަމަށް ބެލެވެނީ، މެދުއިރުމައްޗާއި ގަލްފުގެ ޤައުމުތަކުގައި ޤާއިމު ކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ. އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ޤައުމުތަކުގެ ތެރޭގައި އުރުދުން، ކުވައިތު، ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު، ބަހްރައިން، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އަދި ތުރުކީވިލާތް ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
