
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި އަދި ނަފާލިބޭ މަންޒިލަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދުނިޔޭގެ ތިންވަނަ އިޤްތިޞާދު ކަމަށްވާ ޖަރުމަންވިލާތުގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުޞަތުތަކާއި 2040 އަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ ތަޞައްވުރު ވަނީ ހިއްސާކުރައްވާފައެވެ.
ސަރުކާރުން އަޅާފައިވާ ހަރުދަނާ މާލީ ފިޔަވަޅުތަކުގެ ސަބަބުން ބަޖެޓް ޑެފިސިޓް ކުޑަވެ، އިންވެސްޓަރުންގެ އިތުބާރު ބޮޑުވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ ހެއްކަކީ ގޫގުލް ފަދަ ބޮޑެތި ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރަން ނިންމުމެވެ. ޚާއްޞަކޮށް ފަތުރުވެރިކަން، އާބަދީ، ހަކަތަ، އަދި ސިއްޙީ ދާއިރާއިން އިންވެސްޓްމެންޓްތައް ހޯދުމަށް ޤާނޫނީ ލުއިތަކާއި ފަހި މާހައުލެއް މިހާރު ވަނީ ޤާއިމުކޮށްފައެވެ. ރާއްޖޭގެ އަމާޒަކީ ދުނިޔޭގެ ވަރުގަދަ އިޤްތިޞާދުތަކާ ގުޅިގެން ދުރުރާސްތާގެ ނަތީޖާ ނެރެވޭނެ ފަދަ އިންވެސްޓްމެންޓްތައް ރާއްޖެއަށް ގެނައުމެވެ.

About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
