
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގެ އެކި ކޯޓުތަކުން މިދިޔަ އަހަރު ނިމުނުއިރު 20،000 އަށްވުރެ ގިނަ މައްސަލައިގައި ހުކުމް ކޮށްފައިވާކަމަށް އުއްތަަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ. “ގަޟާޢީ އަހަރު 2026” ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވަނީ ނިމުނު އަހަރު ޝަރުޢީ ދާއިރާއިން ހޯދި ކާމިޔާބީތަކާއި މިއަހަރަށް ރާވާފައިވާ މުހިންމު ކަންކަމުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އެގޮތުން، ކޯޓުތަކުން ޝަރީއަތްތައް ކުރިއަށްގެންދާގޮތް ކުރިއާ އަޅާބަލާއިރު އިތުރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ ކޯޓުތަކުގައި ޒަމާންތަކެއްވަންދެން ހައްލުނުވެ ހުރި ކަންކަމުގެ ސަބަބުން ދިމާވި ހުރަސްތަކާއެކުވެސް ފަނޑިޔާރުންނާއި މުވައްޒަފުން އިންސާފު ގާއިމުކުރުމުގެ މަސްއޫލިއްޔަތު އަދާކުރަމުގަތި ސާބިތުކަމާއެކު ތިބިކަމަށެވެ. އެގޮތުން، 2025ގައި ރާއްޖޭގެ އެކި ކޯޓުތަކުގައި 34،242 މައްސަލައިގައި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށް މަސައްކަތް ކުރިއަށްގެންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނިމުނު އަހަރު ރާއްޖޭގެ ކޯޓުތަކުގައި 20،898 މައްސަލަ ރަޖިސްޓްރީކުރިއިރު އެހެން އަހަރުތަކުން 13،351 މައްސަލަ ވާރުތަވި ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. މީގެ ތެރެއިން މިދިޔަ އަހަރު ނިމުނުއިރު ޖުމްލަ 20،442 މައްސަލައިގައި ކޯޓުތަކުން ހުކުމްކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. “2025ވަނަ އަހަރު ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ކޭސް ކްލިއަރެންސް ރޭޓަކީ %107. އަދި 2024 ވަނަ އަހަރުގެ ކޭސް ކްލިއަރެންސް ރޭޓަކީ %96 ކަމުގައިވާއިރު މިއީ %11 ގެ ކުރިއެރުމެއް ކަމުގައި ފާހަގަކުރަން. އަދި މިއަށްވުރެ ރަނގަޅު ކުރިއެރުމެއް 2026ވަނަ އަހަރު ހޯދުމަށް އަޅުގަނޑުމެން މިތިބީ އަޒުމް ކަނޑައަޅައިގެން،” އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު 1 އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ 1،332 މައްސަލަ ނުނިމި އެބައޮތް ކަމަށެވެ. އެހެންވެ މިއަހަރު އެންމެ އިސްކަމެއް ކޯޓުތަކުން ދޭނީ އެ މައްސަލަތަކުގައި އިންސާފު ގާއިމުކުރުމަށް ކަމަށް ވިދާޅުވިއެވެ. މިއަހަރުގެ ތެރޭގައި އެކި ކޯޓުތަކަށް 21،000 މައްސަލަ ހުށަހެޅޭނެކަން ފާހަގަކުރައްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިހާތަނަށް ނުނިމިހުރި މައްސަލަތަކުގެ ތެރެއިން 1 އަހަރަށްވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލައެއް މިއަހަރު ނިންމާލެވޭނެ ކަމަށެވެ.

About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
