
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަމިއްލަ ފަސްގަނޑާ ދުރުގައި ގާތްގަނޑަކަށް 20 އަހަރު ހުންނަވަންޖެހިވަޑައިގެންނެވި، ޠާރިޤް ރަޙްމާން އެނބުރި ބަންގްލަދޭޝަށް ވަޑައިގެންނެވިތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި، އާންމު އިންތިޚާބުން ތާރީކީ ކާމިޔާބީއެއް ހޯއްދެވުމަށްފަހު، ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވުމާ ގާތަށް ވަޑައިގެންފިއެވެ. ބަންގްލަދޭޝްގެ އިންތިޚާބާ ބެހޭ ކޮމިޝަނުން ހާމަކޮށްފައިވާ ރަސްމީ ނަތީޖާތައް ދައްކާގޮތުން، ޤާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން ބީއެންޕީއާއި އެ ޕާޓީއާ ގުޅިފައިވާ އިއްތިޙާދުން ވަނީ މަދުވެގެން 212 ގޮނޑި ކާމިޔާބުކޮށްފައެވެ. ދާދިފަހުން އަވަހާރަވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ދަރިކަލުން، ޠާރިޤް ރަޙްމާން ސިއްޙީ ފަރުވާއަށް ކަމަށް ވިދާޅުވެ ބަންގްލަދޭޝް ދޫކުރައްވައި ވަޑައިގެންނެވީ 2008ވަނަ އަހަރުގެ ތެރޭގައެވެ. އޭނާ އޭރު ހުންނެވީ ޚިޔާނާތުގެ ތުހުމަތުގައި ފުލުހުންގެ ބަންދުގައެވެ.
ގާތްގަނޑަކަށް 20 އަހަރު ޤައުމުން ބޭރުގައި ހުންނެވުމަށްފަހު އޭނާ އެނބުރި ބަންގްލަދޭޝަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، ޒުވާނުން އިސްވެ ކުރި މުޒާހަރާތަކަށްފަހު، ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ ވެރިކަން އޯގަސްޓް 2024ގައި ނިމުމަކަށް އައުމާ ގުޅިގެންނެވެ. ޠާރިޤް މިހާރު އިސްކޮށް ހުންނެވި ބަންގްލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) އުފެއްދެވީ ބައްޕާފުޅު، ޒިއާއުލް ރަޙްމާނެވެ. މިހާރު ޢުމުރުފުޅުން 60 އަހަރުގެ ޠާރިޤް ރަޙްމާން ވަނީ، ވަކި ޤައުމަކަށް ބަރޯސާވެފައި އޮތުން ނިމުމަކަށް ގެނެސް، މުޅި ދުނިޔެއަށް ހުޅުވާލައިގެން ބަންގްލަދޭޝަށް އިންވެސްޓުމަންޓުތައް ގެނައުމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި ފަގީރު އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަންނައުނު އުފެއްދުމުގެ ސިނާއަތަށް ހަމައެކަނި ބަރޯސާވުމުގެ ބަދަލުގައި ބަންގްލަދޭޝްގެ އިޤްތިޞާދު ސިންދަފާތުކުރުމަކީ ވެސް އޭނާ މުޙިންމު ވަޢުދުފުޅެކެވެ.
ބަންގްލަދޭޝްގައި ހުދުމުހުތާރު ވެރިކަމަށް އޮތް ފުރުޞަތު ހަނިކުރަން، ބޮޑުވަޒީރުގެ މަޤާމުގައި އެއް ބޭފުޅަކަށް ގިނަވެގެން ފަސް އަހަރު ދެ ދަޢުރަށް ލިމިޓުކުރުމަށް ވެސް އޭނާ ވަނީ ވަޢުދުވެވަޑައިގެންފައެވެ. ސިޔާސީ ގޮތުން ކުރިމަތިކުރުވި ފިއްތުންތަކުގެ ސަބަބުން، ޤައުމު ދޫކުރައްވާ ވަޑައިގެންނަވަންޖެހުނު ޙާލަތަށް ބަދަލުހިފުމުގެ ރޫހެއް ނުގެންގުޅުއްވާނެކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވައިފައެވެ. ޙަސީނާގެ ވެރިކަމުގައި ޚިޔާނާތާއި ޓެރަރިޒަމް ފަދަ ގިނަ ދަޢުވާތަކެއް ޠާރިޤްގެ މައްޗަށް އުފުލިއެވެ. އަދި 2004 ވަނަ އަހަރު ބޮމެއް ގޮއްވާލައިގެން ޙަސީނާ އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި، ޠާރިޤް އުމުރަށް ޖަލަށްލާން ވެސް 2018ވަނަ އަހަރުގެ ތެރޭގައި ވަނީ ޙުކުމްކޮށްފައެވެ. ނަމަވެސް، ޣާއިރު ހާޒިރުގައި ހިންގި އެ ޝަރީޢަތްތަކަކީ ސިޔާސީ ދަޢުވާތަކެއްގެ މައްޗަށް ބިނާކޮށް ހިންގި ޝަރީޢަތްތަކެއް ކަމަށް އޭނާ ވަނީ ތަކުރާރުކޮށްވިދާޅުވެފައެވެ. ނަމަވެސް، އެފަދަ އަނިޔާތަކަށްފަހު ވެސް ޠާރިޤްގެ ވިސްނުންފުޅުހުރީ، ޤައުމަށް ހަމަޖެހުން ގެނެސް، ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުން ހޯދައި ދެއްވުމެވެ. އެކަން ޠާރިޤް ވަނީ ކެމްޕޭނު ތެރޭގައި ޢަމަލުން ވެސް ދައްކުވައި ދެއްވައިފައެވެ. މިގޮތުން، ކެމްޕޭނުގެ ތެރޭގައި އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވައި، ބަދުބަސްތައް ޢަމާޒު ކުރެއްވުމުގެ ބަދަލުގައި، އޭނާ ގޮވާލައްވާފައިވަނީ އެއްބައިވަންތަ ކަމަށެވެ.
ޠާރިޤް ރަޙްމާން ޤަބޫލުފުޅުކުރައްވާ ގޮތުގައި، ބަންގްލަދޭޝަށް ފާގަތި މުސްތަޤުބަލެއް ހޯދޭނީ، ޑިމޮކްރަސީގެ އުޞޫލުތަކަށް އިޙްތިރާމްކޮށް، ފުރިހަމައަށް ޢަމަލުކޮށްގެންނެވެ.

About Post Author
މާދަމާ ނިއުސް
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ކަރަންސީ ސްވޮޕް ރައީސް މުއިއްޒުގެ ސަރުކާރުން މިއަދު އަނބުރާ ދައްކައިފި!
އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ރާއްޖެއިން މިއަދު އަނބުރާ ދައްކާފައިވާއިރު، އިންޑިއާ ސަރުކާރުން ވަނީ އަލުން 30 ބިލިއަން...
އޭއައި ބައްޓަންކުރަން އަންހެން ކުދިންގެ ޚިޔާލު މުހިއްމު
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގެ އޭއައިގެ މުސްތަޤުބަލު ބައްޓަން ކުރުމަށް އަންހެން ކުދިންގެ ޚިޔާލާއި މަޝްވަރާ އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު...
“ކޮންމެ ދިވެއްސެއްގެ ހިތުގައި ޤުރުއާނަށް ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ކީރިތި ޤުރުއާނަށް މަތިވެރި ލޯތްބާއި އިޚްތިރާމް އޮންނަންޖެހޭނެކަމަށް...
ވިސާ ފީ ނުދައްކާ ބިދޭސީއަކު ފެނުނަސް އަންނަ މަހުން ފެށިގެން ޑީޕޯޓްކުރާނަން: އިހުސާން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހި އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ވަނީ ނިންމާފައެވެ....
ގަވައިދާ އެއްގޮތަށް ތިބި ބިދޭސީންގެ އަދަދު 28 ޕަސެންޓުން 62 ޕަސެންޓަށް އިތުރުވެއްޖެ: އިހުސާން
(ފޮޓޯ ކްރެދިޓްސް: ރައީސް އޮފީސް) ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން، ރާއްޖޭގައި ގަވައިދާ...
ހަނގާކުރާ ފަރާތްތަކާމެދު ޖިނާޢީ ދަޢުވާ އުފުލޭނެ ގޮތެއް އޮތްތޯ ބަލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހަނގާކުރުމާއި ބުލީކުރުން ހުއްޓުވުމަށްޓަކައި އެއީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް...
