
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، އައްޑޫ ސިޓީ ހިތަދޫ ވިޔަފާރި ބަނދަރުގައި މުހިންމު ތިން ޚިދުމަތެއް ވަނީ އިފްތިތާހުކޮށްފައެވެ. އެއީ ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓޭ ޒޯނަކާއި، ބޮންޑެޑް ވެއަރހައުސްގެ އިތުރުން ބަލްކް ކާގޯ ފެސިލިޓީގެ ޚިދުމަތެވެ. މި ބަދަލާއެކު ވިޔަފާރިވެރިންނަށް މުދާ އެތެރެކުރުމުގައި މާލީ ލުއިތަކެއް ލިބި، ‘ކޭޝް ފްލޯ’ ރަނގަޅުވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
ޚާއްޞަކޮށް ބަލްކް ކާގޯ ފެސިލިޓީގެ ސަބަބުން އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ހެޔޮ އަގުގައި ލިބި، ދެކުނުގެ އަތޮޅުތަކުގެ ތަރައްޤީގެ މަޝްރޫޢުތައް އަވަސްވާނެއެވެ. އަދި މާލެއަށް ބަރޯސާނުވެ، ދެކުނުގެ ރިޒޯޓްތަކަށް ސީދާ އައްޑޫން މުދާ ސަޕްލައިކުރުމުގެ މަގު ފަހިވުމަކީ ސަރަހައްދީ އިޤްތިޞާދަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. މިއީ އައްޑޫ ސިޓީއަކީ ރާއްޖޭގެ އިޤްތިޞާދީ ދެވަނަ ތަނބުގެ ގޮތުގައި ތަރައްޤީކޮށް، މުޅި ދެކުނުގެ އިޤްތިޞާދު ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
