
(ފޮޓޯ ކްރެޑިޓްސް: ޒުވާން މަސްވެރިޔާ)
ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައިނާރަކީ މަސްވެރިކަން ކަމަށްވާއިރު، މި ސިނާޢަތް ކުރިއަރުވައި އައު ދިރުމެއް ދިނުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިކަން ސިންދަފާތުކޮށް، “ސްޕޯޓްސް ފިޝިންގ” ނުވަތަ މުނިފޫހިފިލުވުމުގެ މަސްވެރިކަން ފުޅާކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނީ ބަނދަރުތަކާއި ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުގެ ދަށުން މަސްވެރިކަމާ ގުޅޭ ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ އައު ފުރުޞަތުތައް ހުޅުވިގެންދާނެއެވެ.
މީގެ އިތުރުން، މަސްވެރިންނަށް ބޭނުންވާ ކަނދުފަތީގެ ވިއުގަ ފުޅާކުރުމަށް އާދަޔާޚިލާފު ބޮޑު އިސްކަމެއް ދީގެން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން ކަނދުފަތިތަކުގެ ޑިޒައިނަށް ބަދަލުފަހިކޮށް، ގިނަ އަދަދެއްގެ ކަނދުފަތި އަޅައި، އުތުރާއި ދެކުނުގައި ކަނދުފަތި އުފައްދާ މަރުކަޒުތައް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ. މި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން މަސްވެރިންގެ ޝަކުވާތަކަށް ހައްލުލިބި، ރާއްޖޭގެ އިޤްތިޞާދީ މުސްތަޤުބަލު އުޖާލާވެގެންދާނެއެވެ.

About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
