
ކޮރަޕްޝަން ޕާރސެޕްޝަން އިންޑެކްސް، ސީޕީއައި އަކީ “ކޮރަޕްޝަން އޮންނަ މިންވަރުކަމަށް ދެކޭ މިންވަރު” ބަލާ އެންމެ އާންމު މިންގަނޑުކަމަށާއި، އެ ދިރާސާއަކީ ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫންކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން އޭސީސީން ވިދާޅުވެއްޖެއެވެ. އޭސީސީން ވިދާޅުވީ، ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ކޮންމެ އަހަރަކު ނެރޭ އިންޑެކްސް ތައްޔާރުކުރަނީ އެކި ފަރާތްތަކުން ކުރާ ދިރާސާތަކުން ފެންނަ ނަތީޖާތަކުގެ މައްޗަށް ބިނާކޮށްގެންކަމަށެވެ. އަދި އެއީ ދެކޭ ގޮތް ނުވަތަ ޕަރސެޕްޝަންގެ މައްޗަށް ބިނާކުރާ ދިރާސާއަކަށްވުމުން އިންޑެކްސްގެ ސްކޯ އަދި ރޭންކިންގ ބިނާވަނީ ދެކޭގޮތުގެ މައްޗަށް ރިޢާޔަތްކޮށް ނެގޭ މަޢުލޫމާތުގެ މައްޗަށްކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.
އެގޮތުން 2025ވަނަ އަހަރު ރާއްޖޭގެ ސްކޯރ އާއި ރޭންކް ކަނޑައެޅުމަށް ބޭނުންކުރެވިފައިވަނީ، ހަމައެކަނި 3 މަސްދަރުކަން އޭސީސީން ވަނީ ފާހަގަކުރައްވާފައެވެ.
ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް
ވާރލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް
ވެރައިޓީސް އޮފް ޑިމޮކްރަސީ
މި 3 ދިރާސާއަކީ އެ ދިރާސާތަކުގައި ކޮރަޕްޝަން ދިވެހިރާއްޖޭގައި އޮތް މިންވަރު ސީދާ ވަޒަންކޮށްފައިވާ ދިރާސާތަކެއް ނޫންކަމަށާއި، ގިނަ ޤައުމުތަކާ ޚިލާފަށް، ދިވެހިރާއްޖޭގެ ސްކޯރ އެކުލަވާލުމަށް ބޭނުންކުރެވިފައިވަނީ، މަދު މަސްދަރުތަކެއްކަން އެކޮމިޝަނުން ފާހަގަކުރެއްވިއެވެ. އެހެންކަމުން 2025ވަނަ އަހަރު ރާއްޖޭގެ ސްކޯރ އާއި ރޭންކަކީ މާނަހުރި ރަނގަޅު ނަތީޖާއެއްކަމުގައި ހެދުމަށް މިކަން ޤައުމީ ފެންވަރުގައި މަޝްވަރާކުރެވި ރައްޔިތުންގެ ސަމާލުކަމަށް ގެނައުން މުހިންމު ކަމެއްގެ ގޮތުގައި، އެކޮމިޝަނުން ދެކެވެޑައިގަންނަވާ ކަމަށް އޭސީސީގެ ބަޔާނުގައި ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ނަޒާހަތްތެރިކަމުގެ ޤައުމީ ނިޒާމް، “ނޭޝަނަލް އިންޓެގްރިޓީ ސިސްޓަމް” އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމަށް އޭސީސީން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، ދިވެހިރާއްޖޭގެ ދިގުރާސްތާ ޤައުމީ ޕްލޭނާއި، މޯލްޑިވްސް 2.0 އާ އެއްކީލިވާނެ، “ޤައުމީ އެންޓި-ކޮރަޕްޝަން ސިޔާސަތު” އ.ދގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް، ޔޫއެންއޯޑީސީގެ އެހީތެރިކަމާއެކު އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާކަންވެސް އެކޮމިޝަނުން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އިންޓަރނޭޝަނަލް އެންޓި-ކޮރަޕްޝަން އެކަޑަމީއިން އިސްނަގައިގެން އަލަށް ކުރިޔަށް ގެންދާ “މެޝަރިންގ އިފެކްޓިވްނެސް އޮފް އެންޓި-ކޮރަޕްޝަން އޭޖެންސީސް”ގެ ފަންނީ މަސައްކަތުގައި އެކޮމިޝަނުން އެހެން ޤައުމުތަކާއެކު މަސައްކަތް ކުރަމުންދާކަން އޭސީސީން ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
