
(ފޮޓޯ ކްރެޑިޓްސް: އެފްޑީސީ)
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ފްލެޓްތަކުގެ އާންމު ސަރަހައްދުތަކަށް އުސޫލާ ހިލާފަށް ކުނި އަޅާ ފަރާތްތައް ޖޫރިމަނާކުރަން ފަށައިފިއެވެ. މިގޮތަށް ކުނި ޖަމާކުރުމުގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކާވެ، ޝަކުވާތައް އިތުރުވަމުންދާތީ، އެފްޑީސީން ވަނީ ގަވާއިދާ ހިލާފުވި ބައެއް ފަރާތްތަކަށް ފިޔަވަޅު އަޅާފައެވެ. ކުނި އުކާލަންވާނީ ހަމައެކަނި ގްރައުންޑް ފްލޯގައި ހުންނަ ގާބޭޖު ރޫމްތަކަށް ކަމަށާއި، ޔުނިޓުތަކަށް ބަދަލުވާއިރު އުފެދޭ ފޮށިގަނޑު ފަދަ ތަކެތި އުކާލުމަކީ ވެރިފަރާތުގެ ޒިންމާއެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މިހާތަނަށް 13 ޓަވަރަކުން 460 ޓަނުގެ ކުނި ނަގާފައިވާއިރު، ޖުމްލަ 32 ޓަވަރު ސާފުކުރުމުގެ މަސައްކަތް ވެމްކޯއާ ގުޅިގެން ދަނީ ކުރަމުންނެވެ. އެހެންކަމުން، ދިރިއުޅޭ މާހައުލު ސާފުކޮށް ބޭއްވުމަށް އެންމެހާ ރައްޔިތުން އެއްބާރުލުން ދިނުމަށް އެފްޑީސީން އިލްތިމާސްކުރެއެވެ.
އަމާން ދޯދި މަޝްރޫޢުގެ ދަށުން ބިނާކޮށްފައިވާ 13 ޓަވަރަކުން މިހާތަނަށް ޖުމްލަ 460 ޓަނުގެ ކުނި ނަގައި، އެ ސަރަހައްދުތައް ވަނީ ސާފުކޮށްފައެވެ. މިއީ ގާތްގަނޑަކަށް 27 ޑަމްޕް ޓްރަކުގެ ކުންޏެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ވެމްކޯ ގުޅިގެން، 4000 ހައުސިންގ ޔުނިޓު ހިމެނޭ… pic.twitter.com/BORhQxAfFq
— Fahi Dhiriulhun Corporation Limited (@Fdc_mv) February 10, 2026
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
