
ލިވަޕޫލަށް މި ސީޒަނުގައި އެ ޓީމުން ހަގީގީ ފެންވަރުގައި ނުކުޅެވޭ ކަމަށް ކޯޗު އާނޭ ސްލޮޓް ބުނެފި އެވެ. ޕްރެމިއާ ލީގުގައި މިރޭ ސަންޑަލޭންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ކޯޗު ބުނީ މި ސީޒަނުގައި ނަތީޖާ ދަށްވެފައިވަނީ ވެސް ރަނގަޅަށް ނުކުޅެވިގެން ކަމަށެވެ. އެންމެ ފަހުގެ ޗެމްޕިއަން މިވަގުތު އޮތީ އެއްވަނާގައިވާ އާސެނަލް އަށްވުރެ 17 ޕޮއިންޓް ފަހަތުން ޓޭބަލުގެ ހަ ވަނާގަ އެވެ. “ކޮންމެ އެއްވަރު ވުމެއް އިހުސާސް ކުރެވެނީ ބަލިވުމެއް ފަދައިން. މިއީ ކުޅުންތެރިންނަށް ވެސް ގަބޫލު ކުރެވޭ ކަމެއްނޫން. ލިވަޕޫލްގެ ހަގީގީ ފެންވަރު ކަމުގައި އެ މީހުންނަށް މިކަން ބަލައި ނުގަނެވޭ. މީގެ ސަބަބުން ދެރަވޭ ކުޅުންތެރިން ވެސް. ކޮންމެ މެޗަށް ވެސް ނުކުންނަނީ މެޗުން މޮޅުވެވޭނެ ކަމުގެ އުއްމީދުގައި. އެކަމަކު އެކަމެއް ނުވޭ. ކުޅުންތެރިންނަށް މިހާރު އިހުސާސް ކުރެވެނީ ކޮންމެ ޓީމަކާ ޖެހުނަސް އެ މީހުންނަށް ލިވަޕޫލްގެ ފެންވަރުގައި ނުކުޅެވޭކަން،” ކޯޗު ބުންޏެވެ.
ހުސްވި ސީޒަނުގައި ޓީމާ ހަވާލުވި ކޯޗު ބުނީ މިއީ އޭނާގެ ކޯޗިން ކެރިއަރުގައި ވެސް އެންމެ އުނދަގޫ ސީޒަން ކަމަށެވެ. “މޭލެއްހާ ދުރުގައި ހުރެފައި ވެސް ތިހެން ބުނެވިދާނެ. ޖެހިޖެހިގެން ދެ މެޗުން ބަލިވި ހަނދާނެއް އަހަރެން ނުވޭ މީގެ ކުރިއަކުން. އަހަރުމެންގެ ޓީމަށް ބަލާއިރު ކޮންމެ ލީގެއްގެ ކޮންމެ ޓީމަކާ ވެސް ވާދަ ކުރެވިދާނެ ފަދަ ސްކޮޑެއް އޮތީ. އެކަމަކު އެފަދަ ޕާފޯމަންސެއް ނުދެއްކޭ،” ކޯޗު ބުންޏެވެ. އޭނާ ބުނީ ސަންޑަލޭންޑާ ދެކޮޅަށް ކުޅޭ މެޗު ހީނުކުރާހާ އުނދަގޫވާނެ ކަމަށެވެ. ސަބަބަކީ އެ ޓީމު މި ސީޒަނުގައި މެންޗެސްޓާ ސިޓީ އާއި އާސެނަލްއާ ދެކޮޅަށް ވެސް މޮޅު ކުޅުމެއް ދައްކާފައިވާތީ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
