
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މާލޭގެ ހައި ސްކޫލުތަކަށް ހުޅުވާލައިގެން ފެށި 20 އަހަރުން ދަށުގެ ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތަކީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދާ މުބާރާތެއް ކަމަށް އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވެއްޖެވެ. އެ މުބާރާތުގައި ވާދަކުރަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް، އަހްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލް ސީއެޗްއެސްއީ (ހުޅުމާލެ) ސުކޫލާއި ސީއެޗްއެސްއީ (މާލެ) ސުކޫލެވެ. ޠާރިޤް ވިދާޅުވީ ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި 20 އަހަރުން ދަށުގެ ކުޅުންތެރިން ތިބީ މި ޖެނެރޭޝަނުގައި ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން މި މުބާރާތުން ހޮވާލެވޭ ކުދިންނާއެކު މުސްތަގުބަލުގައި ރަނގަޅު ޓީމެއް އޮންނާނެ ކަމަށް ޤަބޫލުކުރެވޭކަމަށް ޠާރިޤް ވިދާޅުވިއެވެ.
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ރާއްޖެއަށް ލިބިފައިވާ ވަގުތުގެ ތެރޭގައި ޓީމެއް އެކުލަވާލާއިރު އެފްއޭއެމްގެ އައު ޓެކްނިކަލް ޑައިރެކްޓަރ އިސްތަވާން އުރުބާނީ އަންނަނީ މެޗުތައް އެނަލައިޒް ކުރަމުންނެވެ. އެ މުބާރާތުގައި ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް ފެނިގެންދާއިރު ސީއެޗްއެސްސީ މާލެ ސްކޫލުންވަނީ ފައިނަލްގެ ޖާގައެއް ހޯދާފައެވެ. ސީއެޗްއެސްއީ މާލެ ފައިނަލުން ޖާގަ ހޯދީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް 6 ޕޮއިންޓާއެކުގައެވެ. ފައިނަލުގައި ސީއެޗްއެސްއީ ހުޅުމާލެއާއި ވާދަކޮށް ސީއެޗްއެސްއީ މާލެ މޮޅުވީ 7-1 ލަނޑުގެ ތަފާތަކުންނެވެ.
ދެން ފައިނަލުގެ ޖާގައެއް ހޯދުމުގެ އުންމީދު ބޮޑުކޮށްފައިވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލުންނެވެ. އަހުމަދިއްޔާ އޮތީ ދެމެޗުން 4 ޕޮއިންޓް ހޯދާ ތާވަލުގެ އެއްވަނައިގައެވެ. ހަތަރު ޓީމު ހިމެނޭ ގުރޫޕުގެ ތިންވަނައިގަ ވިލާ އޮތީ އެންމެ ޕޮއިންޓަކާ އެކުއެވެ. މި މުބާރާތް 12 ފެބުރުއަރީގައި ހަވީރު ނިކުންނާނީ ސީއެޗްއެސްސީ ހުޅުމާލެ ސުކޫލާއި ވިލާ ހައި ސުކޫލެވެ. އެރޭ 21:00 ގައި އޮންނަ މެޗުގައި ބައްދަލުކުރާނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލާއި ސީއެޗްއެއީ މާލެ ސުކޫލެވެ. މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮންނަނީ މާޗް 23 ން 03 އޭޕްރީލްގެ ނިޔަލަށް ގަލޮޅު ރަސްމީ ބޯޅަދަނޑުގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ނިކުންނާނީ 23 މާޗްގައި ސްރީލަންކާއާއި ދެކޮޅަށެވެ. 25 މާޗްގައިގައި ރާއްޖެ ނިކުންނާނީ ބޫޓާނާއި ދެކޮޅަށެވެ. 27 މާޗްގައި ރާއްޖެ ނިކުންނާނީ ނޭޕާލާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
