
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޕްރެޒިޑެންޓްސް ކަޕް 2026 ގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު ފުރަތަމަ މެޗު ބުރު ސްޕޯޓްސް ކުލަބު އަތުން ހަނި މޮޅެއް ހޯދައިފިއެވެ. ކުޅިވަރު ވަޒީރު އަބްދުﷲ ރާފިއު ޝަރަފްވެރިކޮއްދެއްވި މެޗު މާޒިޔާ އިން ކާމިޔާބު ކުރީ 1-0 ލަނޑުންނެވެ. މުބާރާތުގެ ގުރޫޕް އޭގައި މި ދެޓީމުގެ އިތުރުން ދެން ހިމެނެނީ ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގަ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އިން ވަނީ ފުރަތަމަ ހާފުގައި ޑޮމިނޭޓްކޮއްގެން ކުޅެފައެވެ. ދެޓީމުން ވެސް ލަނޑުޖަހަން މުޅި މެޗުގައި ވެސް މާގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ.
މާޒިޔާގެ ހަމަ އެކަނި ލަނޑަކީ 15 ވަނަ މިނިޓުގައި އަހުމަދު އައިހަމް ނަގައިދިން ކޯނަރެއްގައި އަޒަރުބައިޖާންގެ ޑިފެންޑަރ ނާޒިމް މަމަދުޒާދާ ބޮލުން ގޯލަށް ވައްދާލި ބޯޅައެކެވެ. މެޗުގެ 27 ވަނަ މިނިޓުގައި ބުރުގެ މުހައްމަދު ނާއިމް އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ދިއައީ އަރިމަތިން ބޭރަށެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނިޓުގައި މާޒިޔާގެ ސްޕެއިން ފޯވާޑް ސާޖިއޯ މެންޑީ އޭރިއާ ބޭރުން ފޮނުވާލުމުން ކީޕަރު މަތަ ކުރި ބޯޅަ މެންޑީ ދެވަނަ ފަހަރަށް ފޮނުވާލުމުން ވަނީ ގޯލާ އަމާޒުނުވެފައެވެ.
ބުރުގެ ފަހަތުގައި ތިބި ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މާޒިޔާގެ މުހައްމަދު އިލާން އިމްރާން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިއައީ ބޭރަށެވެ. މި ގުރޫޕްގައި މާޒިޔާ އަންނަ ހޯމަ ދުވަހު ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
