
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ސީނިއާ ވައިސް ޗެއާމަން މުޖުތަބާ ޖަލީލު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ސީޒަނަކީ އެ ކުލަބަށް ވަރަށް އުންމީދީ އަދި ތައްޓަށް ވާދަކުރާނެ ސީޒަނެކެވެ. ނިމިދިޔަ ސީޒަނަށް ތައްޔާރުވާން ލިބުނު ކުރު މުއްދަތުގެ ތެރޭގައި ވެސް ލީގުގެ ތިންވަނަ ހޯދުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، އެކަށީގެންވާ ވަގުތު ލިބުނު ނަމަ ދެވަނަ ވެސް ހޯދުނީސް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކުލަބުގެ ފެންވަރު މަތިކުރުމަށްޓަކައި ސްޕެއިންގެ ތަޖުރިބާކާރު ޓެކްނިކަލް ޑައިރެކްޓަރަކާއެކު މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އައު ސީޒަނަށް ކުރިމަތިލާއިރު، އަތޮޅުތެރޭގެ ހުނަރުވެރި ކުޅުންތެރިންނާއެކު ވަރުގަދަ ބެންޗެއް އޮންނާނެ ކަމަށާއި، ކުރިން ހެދުނު ގޯސްތައް ރަނގަޅުކޮށް ޕްރެޒިޑެންޓްސް ކަޕަށް ނުކުންނާނީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށް މުޖުތަބާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
