
(ފޮޓޯ ކްރެޑިޓްސް: އަގޯޑާ)
ހަލާލް ޓޫރިޒަމް މޮޑެލަށް 3 ފަތުރުވެރިކަމުގެ ރިސޯޓު ތަރައްޤީކުރަން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ހުޅުވާލާއިފިއެވެ. އެ ވުޒާރާއިން ވިދާޅުވީ ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ހަލާލް ޓޫރިޒަމް މޮޑެލްއަށް ފަތުރުވެރިކަމުގެ ރިސޯޓު ތަރައްޤީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 9:00ގެ ކުރިން ބީލަން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ހަލާލް ޓޫރިޒަމް މޮޑެލްއަށް ފަތުރުވެރިިކަމުގެ ރިސޯޓު ތަރައްޤީކުރުމަށް 3 ތަނެއް ވަނީ ކަނޑައަޅުއްވާފައެވެ. އެއީ ހދ. މަކުނުދޫ ފަރުން ފަޅުގެ 200 ހެކްޓަރުގެ ސަރަހައްދަކާއި ލ. ފޮނަގާދޫ އަދި ސ. ދޮންހެރައާއި އެ ރަށާ ކައިރި 0.85 ހެކްޓަރުގެ ރަށެވެ.
މި ރަށްތަކަށް ބީލަން ހުށަހަޅާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް އަންނަ މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 10:00ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 1 މާރިޗު 2026 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް [email protected] އަށް ހުށަހެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ހަލާލް މޮޑެލަށް ފަތުރުވެރިކަމުގެ ރިސޯޓު ތަރައްގީ ކުރުމުގެ އިތުރުން 13 ސަރަހައްދެއްގައި ރިސޯޓު ތަރައްގީކުރުމަށްވެސް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. މި ރިސޯޓުތައް ތަރައްގީކޮށް، ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 6ވަނަ ދުވަހުގެ ހެނދުނު 11:00 ގެކުރިން ބީލަން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
ޓޫރިސްޓް ރިސޯޓް ތަރައްގީކުރަން ހުޅުވާލާފައިވާ ތަންތަން
- ހއ. މާދުނި ފަރު 1 (200 ހެކްޓަރު)
- ހއ. މާދުނި ފަރު 2 (200 ހެކްޓަރު)
- ހއ. މާދުނި ފަރު 3 (200 ހެކްޓަރު)
- ހއ. ކެލާ ފަޅު 1 (156.2 ހެކްޓަރު)
- ހއ. ކެލާ ފަޅު 2 (169.3 ހެކްޓަރު)
- ހދ. މަކުނުދޫ ފަރު 1 (200 ހެކްޓަރު)
- ހދ. މަކުނުދޫ ފަރު 2 (200 ހެކްޓަރު)
- ހދ. މާފަރު ފަރު 1 (200 ހެކްޓަރު)
- ހދ. މާފަރު ފަރު 2 (200 ހެކްޓަރު)
- ހދ. މާފަރު ފަރު 3 (200 ހެކްޓަރު)
- ށ. ގޮނާފަރު 1 (200 ހެކްޓަރު)
- ށ. ގޮނާފަރު 2 (200 ހެކްޓަރު)
- ށ. ގޮނާފަރު 3 (200 ހެކްޓަރު)
މި ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް 2 މާރިޗު 2026 ވާ ހޯމަ ދުވަހު ދުވަހުގެ 11:00 ގައި ވަރޗުއަލްކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި މި ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 1 މާރިޗު 2026 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
