
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ތެލަސީމިއާގެ ތަފާތު ޓެސްޓްތައް ހެދޭނެ ޑީ.އެން.އޭ ލެބޯރެޓަރީއެއް މޯލްޑިވްސް ބްލަޑް ސަރވިސަސްގައި ޤާއިމުކޮށް، ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތެލަސީމިއާ ބަލީގެ ފަރުވާ ފުޅާކުރުމަށް ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.
ދައުލަތުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހުޅުވި މި ލެބޯރެޓަރީގެ ސަބަބުން، މީގެ ކުރިން ރާއްޖެއިން ބޭރުން ހޯދަންޖެހުނު ގިނަ ޓެސްޓުތަކެއް އޮޓަމޭޓެޑް މެޝިންތަކުގެ އެހީގައި ރާއްޖޭގައި ހެދޭނެ މަގު ވަނީ ފަހިވެފައެވެ. އޭގެ ތެރޭގައި ލޭގައި ހިމެނޭ ހީމޮގްލޯބިންގެ 27 ބާވަތެއްގެ މިއުޓޭޝަން ދެނެގަތުމާއި، ތެލަސީމިއާ ވާރުތަކުރާ ގޮތް ދެނެގަތުމުގެ އިތުރުން ޕްރީނޭޓަލް ޑައިގްނޯސިސް ފަދަ މުހިންމު ޚިދުމަތްތައް ހިމެނެއެވެ.
ސަރުކާރުން ތެލަސީމިއާގެ ފަރުވާ ހަރުދަނާކުރުމަށް ކުރަމުންދާ އިތުރު މަސައްކަތްތަކުގެ ތެރޭގައި، ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު އިތުރު ކުދިންނަށް ފޯރުކޮށްދިނުމާއި، މި އަހަރުން ފެށިގެން ތެލަސީމިއާ ކުދިންނަށް 2000 ރުފިޔާގެ އެލަވަންސެއް ދިނުން ހިމެނެއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ތެލަސީމިއާ ބައްޔަށް ޚާއްސަ ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތް ފެށުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
About Post Author
މާދަމާ ނިއުސް
އެމްޑީޕީ ޗެއަރޕާސަން އިންތިޚާބު ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އެމްޑީޕީ) އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފިއެވެ. ތިން ކެންޑިޑޭޓުން ވާދަކުރެއްވި މި...
އެމެރިކާއިން ވޯލްޑް ކަޕް ފެށީ ބޮޑު މޮޅަކުން
ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއާއީ ބަލިކޮށް، މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ލަނޑުތައް ކާމިޔާބުކުރީ ފްލޮރިއަން...
ޕޯޗުގަލް ތައްޓަށް ވާދަކުރާނެތަ؟ ރޮނާލްޑޯގެ ޖަވާބެއް ނެތް!
ޕޯޗުގަލް ޓީމުގައި މޮޅު ކުޅުންތެރިން ތިބި ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ...
އަހަރެން އެދުނީ އަވަހަށް ފިލާވަޅު ދަސްކުރަން: ކެނެޑާ ކޯޗު
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަނުޖެހި، އެ ހާފުން ލިބުނު ފިލާވަޅުތަކުން ދަސްކޮށްގެން ދެވަނަ...
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން...
