
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މެލޭޝިޔާއަށް ކުރައްވަމުންދާ ރަަސްމީ ދަތުރުފުޅުގައި މޯދީއާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާޙިމްއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެއްބަސްވެވަޑައިގެންފިއެވެ. މޯދީ މި ވަގުތު މެލޭޝިޔާއަށް ކުރައްވަމުންދާ ދަތުރުފުޅަކީ 2024ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އިސްރިރާޖީ ޕާޓްނާޝިޕެއް ޤާއިމްކޮށް ދެ ޤައުމުުގެ ގުޅުން ވަރުގަދަ ކުރި ފަހުން އެ ޤައުމަށް އެ މަނިކުފާނު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ދެ ބޭފުޅުން ކުރެއްވި މަޝްވަރާތަކުގައި ސެމީކޮންޑަކްޓަރުގެ ދާއިރާއިންނާއި ދިފާޢީ ދާއިރާ ހިމެނޭ ގޮތަށް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ ގޮތްތައް އިތުރަށް ދިރާސާ ކުރުމަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ. އަންވަރު ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި ޤާއިމްކޮށްފައިވާ ޕާޓްނާޝިޕްގެގެ ދަށުން ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއާއި ކާބޯތަކެތި ކަށަވަރުކުރުމުގެ އިތުރުން ޞިއްޙީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ވެސް ދެ ޤައުމުގައި އެކުގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން އަންވަރު ވިދާޅުވީ އެ ޕާޓްނާޝިޕްއަކީ ހަޤީޤަތުގައި ވެސް ގިނަ ދާއިރާތަކެއް ހިމެނޭ ފުރިހަމަ ޕާޓްނާޝިޕެއް ކަމަށެވެ. އަދި ދެ ޤައުމުން ވެސް އެ ގުޅުން ކުރިއަރުވައި، ހަލުވިކަމާއެކު ކަންކަން ތަންފީޒު ކުރެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ދެ ޤައުމުގެ ސަރުކާރުން ވެސް އެ މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. މޯދީއާއި އަންވަރުގެ ބައްދަލުވުމަށް ފަހު ދެ ބޭފުޅުން ވަނީ އެކުގައި މަސައްކަތްކޮށް އެއްބާރުލުން ދިނުމުގެ 11 އެއްބަސްވުމެއްގައި ސޮއި ކުރި ހަފްލާއެއްގައި ބައިވެރިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ސެމީކޮންޑަކްޓަރުގެ ދާއިރާއާއި، ކާރިޘާތައް މެނޭޖްކުރުމާއި ޞުލްޙަ ބެލެހެއްޓުމާ ގުޅޭ އެއްބަސްވުންތަކެއް ހިމެނެއެވެ.
އަންވަރު ވިދާޅުވީ އިންޑިޔާއާއި މެލޭޝިޔާއާ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރި ކުރުމުގައި ދެ ޤައުމުން ވެސް އެ ޤައުމެއްގެ އަމިއްލަ ފައިސާ ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ގޮތް ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ މަތީގައި ދެމިތިބޭނެ ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ކުރާ ވިޔަފާރި މުޢާމަލާތުގެ އަގު މިދިޔަ އަހަރުގެ ޖުމްލަ ޢަދަދު ކަމަށްވާ 18.6 ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ މި އަހަރު އިތުރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އޭގެ އިތުރުން މެލޭޝިޔާގެ ސަބަހް ސްޓޭޓުގެ ބޯނިޔޯ އައިލެންޑުގައި އިންޑިޔާގެ ކޮންސުލޭޓެއް ހުޅުވުމުގެ މަސައްކަތުގައި އެ ޤައުމުން އެއްބާރުލުން ދޭނެ ކަމަށް އަންވަރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
