
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޖަޕާންގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، ބޮޑުވަޒީރު ސަނައެ ތަކައިޗީ، ބޮޑު ކާމިޔާބީއެއް ހޯއްދަވާނެ ކަމަށް ލަފާކުރެވޭ ކަން ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކައިފިއެވެ. ތަކައިޗީގެ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)އާއި އެ ޕާޓީއާ ގުޅިފައިވާ ޖަޕާން އިނޮވޭޝަން ޕާޓީ (އިޝިން) ގުޅިގެން، ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ 465 ގޮނޑީގެ ތެރެއިން ގާތްގަނޑަކަށް 300 ގޮނޑި ކާމިޔާބު ކުރާނެ ކަމުގައި ބެލެވެއެވެ. މިއީ އެ އިއްތިޙާދަށް މިހާރު ލިބިފައި އޮތް ހަނި އަޣުލަބިއްޔަތާ އަޅައިބަލާއިރު ބޮޑު ކުރިއެރުމެކެވެ.
ތަކައިޗީގެ އިއްތިޙާދަށް 261 ގޮނޑި ކާމިޔާބު ކުރެވިއްޖެ ނަމަ، އެއީ ޤާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތެއްގެ ގޮތުގައި ބެލެވޭނެއެވެ. އަދި، މަޖިލީހުގެ ކޮމިޓީތަކުގެ ކޮންޓުރޯލު ލިބި، ބަޖެޓު ފަދަ މުހިންމު ބިލްތައް ފާސް ކުރުމަށް އޮތް ހުރަސްތައް ނެތިގެން ދާނެއެވެ. އަދި، 310 ވަރަކަށް ދާއިރާއިން ކާމިޔާބީ ލިބިއްޖެ ނަމަ، މަޖިލީހުގެ މަތިގޭގެ ނިންމުންތައް ބަދަލު ކުރުމުގެ ބާރު ވެސް ލިބިގެންދާނެއެވެ. ނަމަވެސް، އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވައިފި ނަމަ، ބޮޑުވަޒީރު ކަމުގެ މަޤާމުން އިސްތިޢުފާ ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމުގައި ތަކައިޗީ ވަނީ ވިދާޅުވެފައެވެ. އިންތިޚާބުގެ ކެމްޕޭންގެ ތެރެއިން ޢާންމު ރައްޔިތުންނަށް ލުއިފަސޭހަ ވާނެ ސިޔާސަތުތަކެއް އެކުލަވައިލެއްވުމަށް ތަކައިޗީ ވަނީ ވަޢުދުވެ ވަޑައިގަންނަވާފައެވެ. އޭގެ ތެރޭގައި، އުފުލެމުންދާ މުދަލާއި ޚިދުމަތުގެ އަގުތައް ކޮންޓުރޯލުކޮށް، ޢާންމު ރައްޔިތުންނަށް ލުއިތަކެއް ހޯއްދަވައިދެއްވުުމުގެ ގޮތުން ކާބޯތަކެތިން ނަގާ %8ގެ ސޭލްސް ޓެކުސް ކަނޑައިލުން އޭނާގެ ވަޢުދުތަކުގެ ތެރޭގައި ހިމެނެއެވެ. ނަމަވެސް، ޖަޕާނަކީ ތަރައްޤީވެފައިވާ ޤައުމުތަކުގެ ތެރެއިން އެންމެ ދަރަނި ބޮޑު އެއް ޤައުމެކެވެ. އެހެންކަމުން، ޓެކުސް ކުޑަކުރުމުން ބަޖެޓުން އުނިވާނެ ކަމަށް ބެލެވޭ 30 ބިލިޔަން އެމެރިކާ ޑޮލަރު އޭނާގެ ސަރުކާރުން ހޯދާނެ ގޮތަކާ މެދު އޮތީ ސުވާލު އުފެދިފައެވެ.
ތަކައިޗީއަށް އެންމެ ބޮޑު ތާއީދެއް އޮތީ ޒުވާނުންގެ މެދުގައެވެ. ނަމަވެސް، ޢާންމު ގޮތެއްގައި އެލްޑީޕީއަށް ތާއީދު ކުރާ މީހުންގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު މާގަރެޓް ތެޗަރ ނަމޫނާއެއްގެ ގޮތުގައި ބަައްލަވާ ތަކައިޗީ ޒުވާނުންގެ މެދުގައި މަޤުބޫލުކަން ހޯއްދަވާފައި ވަނީ މީސްމީޑިޔާގެ ވަސީލަތްތަކުގެ ބޭނުން ހިތްޕަވައިގެން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އިންތިޚާބުގައި ތަކައިޗީގެ އިއްތިޙާދުން ކާމިޔާބީ ހޯދައިފި ނަމަ، ޖަޕާނާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ހީނަރުވެގެން ދާނެ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. ސަބަބަކީ، ތައިވާނާ މެދު ތަކައިޗީގެ ސަރުކާރުން ގެންގުޅޭ ސިޔާސަތެވެ. އެ މައްސަލައިގައި ތަކައިޗީގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ މެދު ޗައިނާއިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ނަމަވެސް، އިންތިޚާބުގައި ކާމިޔާބީ ލިބިއްޖެ ނަމަަ، ޖަޕާނުގެ އަސްކަރިއްޔާގެ ބާރު އިތުރަށް ގަދަ ކުރުމަށް ތަކައިޗީ ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒު ކުރާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
