
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
2 އަހަރުގެ ދުވަހުގެ މެދުކެނޑުމަކަށްފަހު ނުވަދިހަ މެޗު ކުޅުނު ދިވެހި ޕްރިމިއަރ ލީގު ނިމިގެން ދިއުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ. ޠާރިޤް ވިދާޅުވީ ނިމިގެން ދިޔައީ ވަރަށް ވާދަވެރި ލީގެއް ކަމަށާއި، ކުޅުންތެރިންވެސް ވަރަށް ފޯމަށް އައިސް ކުޅުނުތަން ފެނުނު ކަމަށެވެ. “އަޅުގަނޑުމެން މި ރެލިގޭޝަން ޒޯނާއި އޮޓަމެޓިކް ރެލިގޭޝަނާއި އަދި ޕްރޮމޯޝަންގެ ލީގު ސްޓްރަކްޗަރ ބަދަލުކުރިގޮތުން އަޅުގަނޑު ގަބޫލުކުރަނީ ހާއްސަކޮށް ލީގުގެ ފަހު ބުރަށް ދިޔައިރު ވަރަށް ކޮމްޕެޓިޓިވް. ހުރިހާ ޓީމަކުންވެސް އެ ޓީމެއްގެ ޓާގެޓް ހާސިލް ކުރުމަށް ވަރަށް ކޮންމްޕެޓިޓިވް މެޗުތަކެއް ކުޅެމުންދިޔަކަން ފާހަގަކުރަކުރެވޭ. ބައެއް ޓީމުތައް ފަހަތުގައި އޮވެފައިވެސް ކާމިޔާބު ނަތީޖާތަކެއް ހާސިލްކޮށްފައި އެބަހުރި” ޠާރިޤް ވިދާޅުވިއެވެ.
ޠާރިޤް ވިދާޅުވީ އެކި ޓީމުތަކަށް ޤައުމީ ޓީމުގެ ކުޅުންތެރިން ކުޅޭއިރު މިގޮތަށް ލީގު ނުވަތަ ސީޒަން ކުރިޔަށް ގެންދެވޭނަމަ އޭގެ ފައިދާ ޤައުމީ ޓީމަށް ކުރާނެ ކަމަށެވެ. އޭގެ އިތުރަށް 26 ޖުލައި، 2025 އިން ފެށިގެން މިއަހަރުގެ ކުޅިވަރު ކަލަންޑަރުގެ ތެރެއިން ނިމިގެން މިދިޔައީ އެންމެ ބޮޑު މުބާރާތް ކަމަށެވެ. އަދި މިހާރު ފުޓްބޯޅައިގެ ވަރަށް ގިނަ ހަރަކާތްތައް ކުރިޔަށް ދާކަން ޠާރިޤް ފާހަގަ ކުރެއްވިއެވެ. އެގޮތުން ޤައުމީ މުބާރާތް ފެށި، ރަމަޟާންމަސްތެރޭ ނިމޭނެކަން ފާހަގަ ކުރެއްވިއެވެ.
އެފްއޭއެމްގެ ރައީސް އިތުރަށް ވިދާޅުވީ މަލޭގެ ހައި ސްކޫލުތަކަސް ހުޅުވާލައިގެން ފެށި 20 އަހަރުން ދަށުގެ ޑައިމަންޑް ޖުބިލީ މުބާރާތާއި 14 އަހަރުން ދަށުގެ ކޮލިފިކޭޝަން، ޔޫތް ޗެމްޕިއަންޝިޕް މިހާރު ފެށިފައިވާކަމަށެވެ. މި މުބާރާތުގައި 18 އެކެޑެމީއަކުން ވާދަކުރެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
