
އެންމެން ހަމަޔަށް ތިބެގެން ކުޅެފިނަމަ ލިވަޕޫލް މެޗުން ފެނިގެންދިޔައީ މެންޗެސްޓާ ސިޓީ ބަލިނުވާނެކަން ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ. އޭނާ މިހެން ބުނީ އިނގިރޭސި ޕްރެމިއާ ލީގުގައި ލިވަޕޫލްގެ އަމިއްލަ ދަނޑުގައި އެ ޓީމު 2-1އިން ބަލިކުރުމަށްފަހު އެވެ. “އަހަރެން ވަރަށް ފަހުރުވެރިވަން އަހަރެންގެ ޓީމު މި މެޗުގައި ދެއްކި ކުޅުމާއި ހިތްވަރަށް. މިމެޗަކީ އުނދަގޫ މެޗެއް. އަމުދުން ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅޭއިރު އެއީ ކިހާ އުނދަގޫ ޓީމެއްކަން އެންމެނަށް ވެސް އެނގޭނެ. އެކަމަކު އަހަރެންގެ ކުޅުންތެރިން ވެސް މި މެޗުގައި ވަރަށް ރަނގަޅަށް ކުޅުނު. ހާއްސަކޮށް ބޯޅައާއެކު އަހަރުމެން ވަރަށް ރަނގަޅު. މިއިން ދައްކައިދެނީ ހުރިހާ ކުޅުންތެރިން ހަމަޔަށް ތިބެފިނަމަ އަހަރުމެން ބަލި ނުކުރެވޭނެކަން،” 10 އަހަރު ތެރޭގައި ޕްރެމިއާ ލީގުގެ ހަ ތަށި ސިޓީ އަށް ހޯދައިދިން ގާޑިއޯލާ ބުންޏެވެ.
ސިޓީގެ މުހިންމު ބައެއް ކުޅުންތެރިން ތިބީ މިވަގުތު އަނިޔާގަ އެވެ. އޭގެ ތެރޭގައި ވަރަށް މުހިންމު ތިން ޑިފެންޑަރުން ހިމެނެ އެވެ. ރުބެން ޑިއާސް އާއި ޖޯން ސްޓޯންސް އާއި ޖަސްކޯ ގަވަޑިއޯލް އެވެ. މި ކުޅުންތެރިން ނެތުމުން ސިޓީން ވަނީ ހުސްވި ޓްރާންސްފާ މުއްދަތުގައި އިތުރު ދެ ޑިފެންޑަރަކު ވެސް ގަނެފަ އެވެ. މެޗަށް ފަހު ކޯޗު އިތުރަށް ބުނީ ލިވަޕޫލް ލަނޑެއް ޖަހާފައިވަނިކޮށް މެޗުގެ ފަހު 15 މިނިޓް ތެރޭގައި ސިޓީ މޮޅުވި މައިގަނޑު އެއް ސަބަބަކީ ކެޕްޓަނާއި ކުޅުންތެރިން ލީޑަރޝިޕް ރަނގަޅުވުން ކަމަށެވެ. ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދިން ލަނޑު ޖެހީ އާލިން ހާލަންޑެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން އޭނާ އެންމެ ބޮޑަށް ތައުރީފް ކުރީ ގޯލްކީޕަރު އިޓަލީގެ ޖިއާން ލުއިޖީ ޑޮންނަރޫމާ އަށެވެ.
“އޭނާ ވަރަށް މޮޅު ސޭވްތަކެއް ކުރި. މިއީ އަހަރުމެންނަށް މެޗު ތެރޭގައި ތިބެން ފުރުސަތު ލިބުނު ކަމަކީ. އަހަރުމެން މެޗުގެ ފަހު ވަގުތާ ހަމައަށް ވެސް މަސައްކަތް ކުރީ މޮޅުވާން. ފަހަތަށްދިޔަ ކޮންމެ ބޯޅައެއް ޑޮން ވަނީ ސޭވްކޮށްފައި. އެއީ ލިބުނު ހިތްވަރެއް،” ކޯޗު ބުންޏެވެ. މި މެޗުން ބަލިވުން ލިވަޕޫލް އޮތީ 25 މެޗުން 39 ޕޮއިންޓާއެކު ހަ ވަނާގަ އެވެ. ސިޓީ އޮތީ 50 ޕޮއިންޓާއެކު ދެ ވަނާގަ އެވެ. މިއީ އެއްވަނާގައި އޮތް އާސެނަލް އަށް ވުރެ ހަ ޕޮއިންޓް މެދު އަދަދެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
