
މެންޗެސްޓާ ސިޓީ އަތުން ރޭ 2-1އިން އަމިއްލަ ދަނޑުގައި ބަލިވި މެޗުގައި ލިވަޕޫލަށް ވެސް ޕެނަލްޓީ އެއް ލިބެން ޖެހޭ ކަމަށް ކޯޗު އާނޭ ސްކޮޓް ބުނެފި އެވެ. އޭނާ މިހެން ބުނީ ސިޓީ މެޗުން މޮޅުވީ މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ލިބުނު ޕެނަލްޓީ އާލިން ހާލަންޑް ކާމިޔާބު ކުރުމުން ކަމަށްވާތީ އެވެ. ލިވަޕޫށް ޕެނަލްޓީ ލިބެން ޖެހޭ ކަމަށް ސްލޮޓް އިޝާރާތް ކުރި ހާދިސާ އަކީ ލިވަޕޫލްގެ މުހައްމަދު ސަލާހަށް މެންޗެސްޓާ ސިޓީގެ ޑިފެންޑަރު މާކް ގުއޭއީ ހުރަސްއެޅި ހާދިސާ އެވެ. “އޭނާ ސަލާހްގެ ޖާޒީގައި ހިފެހެއްޓި. މި ދަނޑުގައި މިދިޔަ އަށެއްކަ އަހަރު މެޗުތައް ބެލި އެންމެނަށް ވެސް އެނގޭނެ އެފަދަ ފުރުސަތެއްގައި ސަލާހް ގޯލު ޖަހާނެކަން. އަހަރެންގެ ނަޒަރުގައި އެއީ ގޯލް ޖަހަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް. ރެފްރީ ނިންމާނީ،” ކޯޗު ބުންޏެވެ.
އޭނާ ބުނީ ނަތީޖާ ގޯސް ވިޔަސް ލިވަޕޫލުން މެޗުގެ ފަހު ހާފުގައި ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ. މި މެޗުގައި ސިޓީ އަށް ތިން ވަނަ ލަނޑެއް ޖަހަން ވެސް ފަހު ސިކުންތުކޮޅުގެ ތެރޭގައި ހުސް ފުރުސަތެއް ލިބުނެވެ. ކީޕަރު އަލިސަން ބެކާ ކުރި އަށް އެރި ދަނޑިވަޅުގައި ހާލަންޑަށް ހުސްކޮށް ލިބުނު ފުރުސަތުގައި ބޯޅައާއެކު ކުރިއަރައި ގޯލަށް ޖަހަނިކޮށް އެ ފުރުސަތު ގެއްލުވާލީ ލިވަޕޫލްގެ ހަންގޭރީ މިޑްފީލްޑަރު ޑޮމެނިކް އެސްޒޮބޮސްލާއީ ފަހަތުން އޭނާގެ ޖާޒީގައި ހިފަހައްޓައިގެން ހުއްޓުވަ އެވެ. ލިވަޕޫލްގެ ލަނޑު ހިލޭ ޖެހުމަކުން ޖަހައިދިން ކުޅުންތެރިޔާގެ މި ކުށަށް އޭނާ އަށް ވަނީ ރަތްކާޑު ދައްކައި ފޮނުވާލައިފަ އެވެ. ސްލޮޓް ބުނީ ރަތްކާޑަކުން ސަލާމަތްވުމަށް ޒޮބޮސްލާއީ އަށް އެ ބޯޅަ ގޯލަށް ޖަހަން ދޫކޮށްލެވިދާނެ ކަމަށާއި ނަމަވެސް އޭނާގެ އަމަލުކުރި ގޮތް ވެސް މުޅިން ގޯސް ނޫން ކަމަށެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ދެ ވަނަ ހާފުގައި ލިވަޕޫލް މޮޅަށް ކުޅުނު ކަމަށް އެއްބަސްވި އެވެ. އޭނާ ބުނީ ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅޭއިރު އެއީ އަބަދުވެސް އުނދަގޫ ޓީމެއް ކަމަށެވެ. މި މެޗުން ބަލިވުން ލިވަޕޫލް އޮތީ 25 މެޗުން 39 ޕޮއިންޓާއެކު ހަ ވަނާގަ އެވެ. ސިޓީ އޮތީ 50 ޕޮއިންޓާއެކު ދެ ވަނާގަ އެވެ. މިއީ އެއްވަނާގައި އޮތް އާސެނަލް އަށް ވުރެ ހަ ޕޮއިންޓް މެދު އަދަދެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
