
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކަޅުތުއްކަލާކޮށީގައި މިއަހަރު ފެށުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުގެ ސަބަބުން، ސިފައިންގެ އެކަމަޑޭޝަން މައްސަލައަށާއި އިދާރީ ހިންގުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، 2000 ވަނަ އަހަރުގެ ފަހުން ސިފައިންގެ އިމާރާތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރެވިފައި ނުވުމުގެ ސަބަބުން، މިހާރުގެ ހާލަތު ހުރީ އެންމެ އެދެވޭ ފެންވަރެއްގައެއް ނޫނެވެ. ޚާއްޞަކޮށް މާލޭގައި މަސައްކަތްކުރާ ސިފައިންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް މި މަޝްރޫޢުން ހައްލެއް ލިބޭނެއެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގެ އޭރިއާ ކޮމާންޑްތަކުގައިވެސް އެކަމަޑޭޝަނާއި ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރާއި އަންނަ އަހަރު ކުރިއަށްދާނެއެވެ. މި ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށްގެންދާނީ ދައުލަތަށް ބުރަ ނުވާނެހެން، އިޤްތިޞާދީގޮތުން ފައިދާހުރި އަދި ޒަމާނީ ފެންވަރަށް ސިފައިންގެ މިލިޓަރީ އިންޖިނިއަރުންގެ ބެލުމުގެ ދަށުންނެވެ. މީގެ އިތުރުން، ސިފައިންގެ ތަމްރީނުތަކަށް ޚާއްޞަކޮށް ގިރިފުށި ހިއްކައިގެން އެތަން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، އައްޑޫގައި ހުންނަ ތަމްރީނު މަރުކަޒު އިތުރަށް ތަރައްޤީކުރުމަށްވެސް ވަނީ ރޭވިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
